ދިވެހިރާއްޖެ
ނަންބަރ:GS149/IUL-2022/06
އިޢުލާން
2023 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުން
ކޮންޓްރެކްޓް އުސޫލުން 2023 ވަނަ އަހަރަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބީލަމަށް ކުރިމަތިލެވޭނޭ ފަރާތްތަކާއި ބީލަމާބެހޭގޮތުން އަމަލުކުރަންޖެހޭ ކަންކަން މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ވީމާ، މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތް ކޮށް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ.
1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ނޮވެމްބަރ 23 އިން 29 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް ބޮޑުފޮޅުދޫ ސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
2. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ނޮވެމްބަރ 28 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
3. މި ބީލަމާގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022ޑިސެމްބަރ 06 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައި އޮންނާނެއެވެ.
4. ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2022ޑިސެމްބަރ 13 ވާ އަންގާރަ ދުވަހުގެ 13:00ގައި ބޮޑުފޮޅުދޫ ސްކޫލްގެ ލައިބްރަރީ ގައެވެ.
ވީމާ، މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކުން ދެންނެވިފައިވާ ތާރީޚާއި ގަޑިއަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.
ނޯޓް : ބީލަމުގެ ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި ބީލަން ހުށަހަޅާފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ހާޒިރުވާނަމަ އެކަން އަންގައިދޭ ރަސްމީ ލިޔުން (ކޮންސެންޓް ލެޓަރ) ހުށަހަޅަންވާނެއެވެ. އަދި ބީލަމާއެކު ހުށަހެޅުމަށް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ
ބޮޑުފޮޅުދޫ ސްކޫލް/ އއ.ބޮޑުފޮޅުދޫ
ފޯން: 6660841
އީ-މެއިލް [email protected]
22 ޑިސެމްބަރ 2022