ވަޒީފާގެ ފުރުޞަތު
ނަންބަރު: 200-VTR/IU/2022/38
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 05 ޑިސެންބަރު 2022 13:30
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ޕިޔޯން

 

މަޤާމު:

ޕިޔޯން

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

SS4

މުސާރަ:

4865.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަރވިސް އެލަވަންސް: 1،000.00 ރުފިޔާ

 ނޮން-ޕްރެކްޓިސް އެލަވަންސް:  މުސާރައިގެ %45

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

·     ޓްރައިބިއުނަލުން އެކިއެކި އޮފީސްތަކަށާއި، އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ރައްދުކުރުން.

 

·         ޓްރައިބިއުނަލުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ޗިޓް އެފަރާތްތަކަށް ރަށްދުކުރުން.

 

·         ޓްރައިބިއުނަލުން ބޭނުންވާ ވަގުތުތަކުގައި ޓްރައިބިއުނަލްގެ އޮފީސް ހުޅުވާ، ލެއްޕުމުގެ ގޮތުން އޮފީހުގެ ތަޅުދަނޑި ގެނެސް ގެންގޮސްދިނުން.

 

·         ޓްރައިބިއުނަލަށް ހޯދަންޖެހޭ މުދަލާއި ޚިދުމަތްތަކުގެ އަގު ބެލުމުގައި ޕްރޮކިއުމެންޓް މަސައްކަތްކުރާ މުވައްޒަފުންނަށް އެހީތެރިވެދިނުން.

 

·         ޓްރައިބިއުނަލަށް ހޯދާ މުދަލުގެ ތެރެއިން ޑެލިވަރ ނުކޮށްދޭ ތަކެތި އޮފީހަށް ގެނައުން.

 

·         ޓްރައިބިއުނަލްގެ އޮފީސް ހިނގަމުންދާ ޢިމާރާތުގެ މަރާމާތު ކުރަންޖެހޭ ތަންތަން މަރާމާތުކުރުމުގައި މެއިންޓިނެންސް ކަންކަން ބަލަހައްޓާ މުވައްޒަފުންނަށް އެހީތެރިވެދިނުން.

 

·   ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގައި އިދާރީ މުވައްޒަފުންނަށް އެހީތެރިވެދިނުން.

 

·         ޓްރައިބިއުނަލްގެ އޮފީސް އިމާރާތް ފޮޅާ ސާފުކުރުމުގައި އެހީތެރިވެދިނުން.

 

މަޤާމުގެ ޝަރުޠުތައް:

1.      ލިޔަން ކިޔަން އެގުމާއެކު، އެއްގަމުގައި ދުއްވާ 2 ފުރޮޅުލީ ވެހިކަލް ދުއްވުމުގެ ހުއްދަ އޮތުން (ސައިކަލު ދުއްވުމުގެ ލައިސަންސް އޮތުން).

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

·   ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކުރުމަށް ދެވޭ ޓްސްޓްއިންނެވެ.

ނުވަތަ،

·   ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

·   ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 

އެހެނިހެން:

·   އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.

·  ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 

·  ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ އެހެނިހެން ގަޑިތަކުގައި މަސައްކަތުގައި އުޅުވޭނެ މީހަކު ކަމުގައިވުން.

·  ގިނަވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ފުރިހަމަ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުން.

މަސައްކަތްކުރަންޖެހޭތަން:

މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ޑިސެމްބަރު 2022 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ޓްރައިބިއުނަލުގެ އީމެއިލު ([email protected]) މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

            

        1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް،

        2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު،

       3. އައި.ޑީ ކާޑުގެ ކޮޕީ،

        4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،

·         ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

·         ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ.

        5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،

·         މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

6. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ.

 

ޝޯޓްލިސްޓުކުރުން:

ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންނެވެ.

 

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު3027801 އަށް ގުޅުއްވުން އެދެމެވެ.

 

 

22 ނޮވެންބަރު 2022