ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-A/1/2014/46
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:33
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ބިދޭސީން މަސައްކަތަށް ގެނައުމަށް ދޫކޮށްފައިވާ ކޯޓާއާބެހޭ

އެކިއެކި މަސައްކަތް ކުރުމަށް ބިދޭސީން ވަޒީފާއަށް ގެނައުމަށް ކޯޓާއަށް އެދި ހުށަހެޅުމުން ކުރާ މަސައްކަތަށް އެކަށޭނަ އަދަދަށް ކޯޓާ ދޫކުރެވެއެވެ. ނަމަވެސް ބައެއް ފަރާތްތަކަށް ދޫކޮށްފައިވާ ކޯޓާއިން ބައެއް ބޭނުންނުކޮށް ހުންނަކަން ފާހަގަކުރެވެއެވެ. ކޯޓާގެ ބޭނުންނުކޮށް ހުންނަނީ، އެވަގުތު ހިނގާ މަޝްރޫޢަށް ބޭނުންވާ އަދަދަށްވުރެ އިތުރުވީމާކަމަށް މިޑިޕާޓްމަންޓަށް ޤަބޫލުކުރެވެއެވެ. އަދި މިފަދައިން ކޯޓާގެ ބޭނުންނުކޮށް ހުރުމުން ކޯޓާ ދޫކުރެވިފައިވާ ފަރާތުން އެކޯޓާއަށް ވަޒީފާއަށް ބިދޭސީން ގެނައުމަށް މެދުވެރިކުރައްވާފައިވާ ބައެއް އެޖެންޓުން ކޯޓާ ދެވިފައިވާ ފަރާތުގެ ހުށަހެޅުމެއްނެތި ނުވަތަ އެފަރާތަށް އޮޅުވާލައިގެން ބިދޭސީން ވަޒީފާއަށް ގެނައުމަށް މަސައްކަތް ކުރަމުންދާކަން މިޑިޕާޓްމަންޓަށް ފާހަގަކުރެވިފައިވެއެވެ.

ވީމާ، ބިދޭސީން މަސައްކަތަށް ގެނައުމަށް ދޫކޮށްފައިވާ ކޯޓާގެ ބޭނުން ނުކުރާތާ ފަސްމަސް ދުވަސްވުމުން، ބޭނުންނުކޮށް ހުންނަ ކޯޓާ، އުނިކުރަމުންދާނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.  

20 މުޙައްރަމް 1436

13 ނޮވެންބަރު 2014