ތަމްރީނު
ނަންބަރު: (IUL)166-schol/166/2014/149
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 19 ނޮވެންބަރު 2014 15:45
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސެޕްޓެންބަރު 2014 ގައި އިޢުލާން ކުރެވުނު ލޯން ސްކީމްތަކާބެހޭ

ޓާރޝަރީ ސްޓޫޑަންޓް ލޯން ސްކީމް (ފުލްފަންޑިންގ) – ސެޕްޓެންބަރު 2014 އަދި ނެޝަނަލް ސުޓޫޑަންޓް ލޯން ސްކީމް (އޮންގޮއިންގް) ސެޕްޓެންބަރު 2014 ގެ ދަށުން ލޯނުއެހީ ދޫކުރުމަށް ހޮވިފައިވާ ދަރިވަރުންގެ ނަންތައް މިޑިޕާޓްމެންޓުގެ ވެބްސައިޓް www.dhe.gov.mv ގައި އަޕްލޯޑްކުރެވިފައިވާނެއެވެ. ލޯނު އެހީ ލިބޭކަމުގެ ލިޔުން ހަވާލުކުރުން އޮންނާނީ 19 ނޮވެންބަރު 2014 ވަނަ ދުވަހުގެ 15:45 ގައި ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާގެ ހޯލުގައެވެ.

ވީމާ، މިލިޔުމާ ހަވާލުވުމަށް ލޯނު އެހީ ލިބޭދަރިވަރު ހާޒިރުވުން އެދެމެވެ. ދަރިވަރަށް ހާޒިރުވެވެން ނެތްނަމަ ބަދަލުގައި އެހެން ބޭފުޅަކު ހާޒިރުވުން އެދެމެވެ. ލިޔުމާ ހަވާލުވާން ހާޒިރުވާއިރު ކެންޑިޑޭޓުންނަށް ދޫކުރެވިފައިވާ ސްލިޕްކޮޅު ގެންނެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341388, 3341376 ، 3341381 އާ ގުޅުއްވުން އެދެމެވެ.

 

 

13 ނޮވެންބަރު 2014