މަސައްކަތް
ނަންބަރު: (IUL)101-PPC/1/2022/257
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 18:19
ސުންގަޑި: 20 ޑިސެންބަރު 2022 10:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ އޮތެންޓިކް މޯލްޑިވްސް އައުޓްލެޓްގެ ރިފާބިޝް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މަސައްކަތުގެ ނަން: ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ އޮތެންޓިކް މޯލްޑިވްސް އައުޓްލެޓްގެ ރިފާބިޝް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އާރު.އެފް.ބީ ނަންބަރު: MV-MOED-322228-CW-RFB

ޕްރޮޖެކްޓް: މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް

Grant No.:IDA-D4800

  1. ވޯލްޑް ބޭންކުގެ އެހީގައި މިމިނިސްޓްރީން ހިންގާ "މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް" ޕްރޮޖެކްޓްގެ ދަށުން، މިއިޢުލާނާ އެއްކަރުދާސްކުރެވިފައިވާ ރިކުއެސްޓް ފޯ ބިޑްސް (އާރު.އެފް.ބީ) ގައި ބަޔާންކުރާ  ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ އޮތެންޓިކް މޯލްޑިވްސް އައުޓްލެޓްގެ ރިފާބިޝް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރިކުއެސްޓް ފޯރ ބިޑް (އާރ.އެފް.ބީ) އާއި އެއްގޮތަށް ބިޑް ޑޮކިއުމަންޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން، މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. 
  3. މި މަސައްކަތްކުރުމަށް ޝަރުތު ފުރިހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ރިކުއެސްޓް ފޯ ބިޑްސް (އާރު.އެފް.ބީ) އުޞޫލުގެ މަތިން ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް އެފަރާތުން 2020 ނޮވެމްބަރުގައި ޝާޢިއު ކުރެވިފައިވާ ޕްރޮކިޔުމަން ރެގިއުލޭޝަންގެ 4 ވަނަ އެޑިޝަން އާއި އެއްގޮތަށެވެ.
  4. ޕްރޮޖެކްޓާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 0830 އިން 1600 އަށް ލިބިވަޑައިގަންނަވާނެވެ.
  5. މިކަމާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ރިކުއެސްޓް ފޮރ ބިޑް (އާރ.އެފް.ބީ) މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިކަމާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް ޑިރެކްޓަރ އަލްފާޟިލް ޠާސީން ޙިލްމީ އަށް އެޑްރެސްކޮށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
  6. ކޮންޓްރެކްޓުގައި ސޮއި ކުރާތާ އެންމެ ލަސްވެގެން 60 ދުވަހުގެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމަންވާނެއެވެ.
  7. ބިޑިންގ ޑޮކިއުމަންޓާއި، އެއާއި ގުޅުންހުރި އެހެނިހެން ލިޔުންތައް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv  އިން ލިބެން ހުންނާނެއެވެ. ބިޑާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ބަލާ ޗެކު ކުރުމަކީ ބިޑަށް ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމުގައި ދަންނަވަމެވެ.
  8. ބީލަމާއި ގުޅޭގޮތުން މަޢުލޫމާތްދިނުމަށް ބާއްވާ ޕްރީބިޑް މީޓިންއެއް 6 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 10:00 ގައި ވެލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިމިނިސްޓްރީގެ ކޮންފަރެންސް ހޯލުގައި އޮންނާނެއެވެ.
  9. ބީލަންހުޅުވުން އޮންނާނީ  20 ޑިސެމްބަރ 2022  ވާ އަންގާރަ ދުވަހުގެ 10:00 ގައި ވެލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިމިނިސްޓްރީގެ ކޮންފަރެންސް ހޯލުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ލިޔެފައި އޮންނަންވާނެއެވެ.
  10. ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި 5,782.50 (ފަސްހާސް ހަތްސަތޭކަ އައްޑިހަ ދެރުފިޔާ ފަންސާސް ލާރި ) ރުފިޔާ ހުށަހަޅަންޖެހޭނެއެވެ.
  11. އިތުރު މައުލޫމާތު އަދި ބިޑު ހުށަހަޅަންވީ އެޑްރެސް ތިރީގައި އެވަނީއެވެ. 

     ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

    މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް

    މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

    މާލެ، ދިވެހިރާއްޖެ

   ފޯނު ނަންބަރު: 3323668

   އީމެއިލް: [email protected]

21 ނޮވެންބަރު 2022