ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ
މަޤާމް: ވޮޗަރ (ދާއިމީ)
ބޭނުންވާ އަދަދު: 2 (ދޭއް)
މަސައްކަތް ކުރަންޖެހޭ ތަން: ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ މެޖިސްޓްރޭޓް ކޯޓް
މުސާރަ:-/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)
މި މަޤާމަށް ލިބޭ އެލަވަންސް: ސަރވިސް އެލަވަންސް -/1000 ރުފިޔާ (އެއްހާސް ރުފިޔާ) އާއި، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20
ރޭންކް |
މަޤާމުގެ އަސާސީ ޝަރުޠު |
SS1 |
1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ލިޔަންކިޔަން އެނގުން (ލިޔަންކިޔަން އެނގޭކަމަށް ބަލާނީ، ގްރޭޑް 5 ނިންމާފައިވާކަމުގެ ލިޔުމުން ނުވަތަ އިދާރާއިން ޓެސްޓެއް ދީގެންނެވެ.) ނުވަތަ، 2- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކާ އެއްފެންވަރުގެ މަޤާމެއްގައި ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 3- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު އެސް.އެސް 1 ރޭންކުގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން. |
އިތުރުގަޑި:
|
މި މަޤާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 8:00 އާއި 15:00 އާ ދެމެދުގައި، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 2. ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށް، އެޓެސްޓްކޮށްފައިވާ) 3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ. 4. ވަނަވަރު ނުވަތަ ސީވީ. |
ސުންގަޑި: | 2014 ނޮވެންބަރު 25 ވާ އަންގާރަ ދުވަހުގެ 12.00 ގެ ކުރިން. |
20 މުޙައްރަމް 1436