ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލްގެ ފުޓްބޯޅަ މުބާރާތް 2022 ޑިސެމްބަރ 17 ވަނަ ދުވަހުގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. ވީމާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. މުބާރާތުގައި ބައިވެރިވެވޭނީ، މި އިޢުލާނާއެކު ޙިއްސާކުރެވިފައިވާ ގޫގުލް ފޯމް ފުރާ ހުށައެޅުމުންނެވެ. މުބާރާތާއިގުޅޭ ޚާއްޞަ ބައެއް މަޢުލޫމާތު ތިރީގައި މިދަންނަވަނީއެވެ.
01- މުބާރާތުގައި ބައިވެރިވުން، 2022 ނޮވެމްބަރ 21 ން 30 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް
02- ޓީމް ލިސްޓް ހުށައެޅުން، 2022 ޑިސެމްބަރ 10 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް
03- ޓީމެއްގައި ހިމެނޭނީ ގިނަވެގެން 20 ކުޅުންތެރިންނާއި 5 އޮފިޝަލުން، މަދުވެގެން 15 ކުޅުންތެރިންނާއި 3 އޮފިޝަލުން،
04- ޓީމެއްގައި 18 އަހަރުން ދަށުގެ މަދުވެގެން 2 ކުޅުންތެރިން ހިމަނަންވާނެ،
05- ކޮންމެ ޓީމެއްގައި މަދުވެގެން 2 ގޯލް ކީއްޕަރުން ހިމަނަންވާނެ،
06- ޓީމު ލިސްޓްގައި ކުޑަހުވަދޫގެ ރައްވެހިން ފިޔަވައި 3 ކުޅުންތެރިން ހިމެނިދާނެ، މީގެ ތެރޭގައި ރާއްޖޭން ބޭރުގެ 1 ކުޅުންތެރިއަކު ހިމެނިދާނެ، (ރައްވެހިންކަމުގައި ބަލާނީ، ކުޑަހުވަދޫގެ ގެއަކަށް ރަޖިސްޓްރީކޮށްފައިވާ ނުވަތަ، ކުޑަހުވަދޫ ރައްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ނަމަ)
07- ޓީމް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1000.00 ރުފިޔާ ދައްކަންވާނެއެވެ. ޓީމް ލިސްޓް ހުށައެޅުމުން މިފައިސާ އަނބުރާ ލިބޭނެއެވެ. ފައިސާ ޖަމާކުރައްވާނީ ފޯމުގައި ވާ އެކައުންޓަށެވެ. އަދި ސްލިޕް ފޯމާއެކު ހުށައަޅަންވާނެއެވެ.
ގޫގުލް ފޯމް ލިންކް، https://forms.gle/AA52GmN3ACPxayxm9