ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/10/2022/178
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 30 ނޮވެންބަރު 2022 13:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

 (IUL)10-C/10/2022/178 :ނަންބަރު                                                       

އިޢުލާނު

 

މަޤާމު:

ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-368356

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްއެފެއާޒު / ހިއުމަން ރިސޯސް ސެކްޝަން / ރެކްރޫޓްމަންޓް އެންޑް ޕަރސަނަލް ޔުނިޓް / ކ.މާލެ

މުސާރަ:

މަހަކު 6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ޓެކްނިކަލް ކޯ އެލަވަންސް: މި މަޤާމުގެ ކޯ ޑިސިޕްލިން ކަމުގައިވާ ހިއުމަންރިސޯސްމެނޭޖްމަންޓް ދާއިރާއިން މޯލްޑިވްސް ނެޝަނަލް ފްރޭމްވަރކްގެ ލެވެލް 7 (ހަތެއް) އިން ފެށިގެން މަތީ ސަނަދެއް އޮތް ނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ހަމަޖެހޭނެއެވެ.
  2. 2.       ސަޕޯޓިންގ ކޯ އެލަވަންސް 2: ޓެކްނިކަލް ކޯ އަށް ޝަރުޠު ހަމަނުވާނަމަ، މަހަކު 900.00 ރުފިޔާ
  3. 3.       ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
  4. 4.       އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮންމެ މަހަކު މުސާރަ ނިންމަންޖެހޭ ތާރީޚުގެ ކުރިން މިނިސްޓްރީ، އަތޮޅު ސްޓޭޓްހައުސް، އަދި ނޭޝަނަލް ރީ-އިންޓަރގްރޭޝަން ސެންޓަރުގެ މުވައްޒަފުންގެ ޕެންޝަނާއި މުސާރައާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކޮށް ނިންމުން.
  2. މިނިސްޓްރީގެ ރަޖިސްޓްރީގައިވާ ހުސްވެފައިވާ މަޤާމުތަކަށް މީހުން ހޯދުމަށް ސިވިލް ސަރވިސްގެ ޤަވާއިދާއި އުޞޫލާއެއްގޮތަށް އިޢުލާން ތައްޔާރު ކުރުމަށްފަހު ގެޒެޓުގައި ޝާޢިއުކުރުމުގެ މަސައްކަތްކުރުން.
  3. މިނިސްޓްރީގެ މަޤާމުތަކަށް މުވައްޒަފުން ލެއްވުމާއި ބަދަލުކުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، ވަކިވާން އެދޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ އެންމެހާ މައްސައްކަތް ކުރުން. ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން، ވަޒީފާއަށް އެދި ކެރިއަރ މެއިލަށް ފޮނުވާ ވަޒީފާގެ އެޕްލިކޭޝަން ފޯމުތައް ލިބިފައިވޭތޯ ގަވާއިދުން ޗެކްކޮށް، އަދި ފޯމު ލިބިފައިވާނަމަ، މެއިލް މެދުވެރިކޮށް އެ ފަރާތްތަކަށް އެކަން އެންގުން.
  4. މިނިސްޓްރީގެ މަޤާމުތަކަށް މުވައްޒަފުން ލެއްވުމާއި ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، ވަކިވާން އެދޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ އެންމެހާ މައްސައްކަތް ކުރުން. ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން، ވަޒީފާއަށް އެދި އެޗް.އާރު މެއިލަށް ފޮނުވާ ވަޒީފާގެ އެޕްލިކޭޝަން ފޯމުތައް ލިބިފައިވޭތޯ ގަވާއިދުން ޗެކްކޮށް، އަދި ފޯމު ލިބިފައިވާނަމަ، މެއިލް މެދުވެރިކޮށް އެ ފަރާތްތަކަށް އެކަން އެންގުން.
  5. މިނިސްޓްރީގެ ވަޒީފާއަށް ލައްވާ / ބަދަލުކުރާ މުވައްޒަފުންގެ (ސިވިލް ސަރވިސް އަށް އަލަށް ވަންނަ މުވައްޒަފުންގެ) މަޢޫލޫމާތު ފޯމާއި ވަޒީފާ ބަޔާނާއި ވަޒީފާގެ އެއްބަސްވުން ތައްޔާރުކޮށް ވަޒީފާއަށް ނުކުންނަ ދުވަހު މުވައްޒަފާ ހަވާލުކުރުން.
  6. މިނިސްޓްރީގެ ވަޒީފާއަށް އަލަށް ވައްދާ މުވައްޒަފުންގެ ވަޒީފާގެ ޕްރޮބޭޝަންގައި މުވައްޒަފުގެ ގާބިލްކަން އަންގާ ލިޔުން ތައްޔާރުކޮށް ސުޕަވައިޒަރާ ހަވާލުކޮށް، އުސޫލުގައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ސުޕަވައިޒަރ ފުރިހަމަކުރަންޖެހޭ ބައި ފުރިހަމަކޮށް ޔުނިޓާ ހަވާލުކުރިތޯ ކަށަވަރުކޮށް، އުސޫލުގައިވާ ގޮތުގެ މަތިން ފޯމުގެ ކޮޕީއެއް މުވައްޒަފާ ހަވާލުކުރުން.
  7. މިނިސްޓްރީގެ ވަޒީފާގެ އޮނިގަނޑަށް އަންނަ ބަދަލާއި ގުޅިގެން ނުވަތަ މުވައްޒަފުގެ މަސައްކަތްތަކަށް އަންނަ ބަދަލާ ގުޅިގެން ވަޒީފާ ބަޔާނަށް ބަދަލެއް އަންނަ ނަމަ، ވަޒީފާ ބަޔާން ތައްޔާރު ކުރުމާއި، އަދި ވަޒީފާގެ އެއްބަސްވުން ބަދަލު ކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ ވަޒީފާގެ އެއްބަސްވުން ވެސް ތައްޔާރުކޮށް މުވައްޒަފާ ހަވާލުކުރުން.
  8. މިނިސްޓްރީގެ ވަޒީފާއަށް ލައްވާ މުވައްޒަފުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ފޯމު ފުރިހަމަކޮށް، އެ މުވައްޒަފުގެ މުސާރަ ޖަމާކުރާ ބޭންކް އެކައުންޓުގެ މަޢުލޫމާތު ހިމެނޭ ބޭންކް ސްލިޕާއެކު ލިބުމުން، ސެޕުން ސްޓޭޓަސް އަޕްޑޭޓް ކުރާ މުވައްޒަފަށް އެ މަޢުލޫމާތު ފޯރުކޮށްދީ، އެޗް.އާރު ސިސްޓަމުން އަދާހަމަކޮށް،މުވައްޒަފުގެ ޕަރސަނަލް ފައިލުގައި ފައިލް ކުރުމަށް ކަމާ ގުޅޭ މުވައްޒަފާ ހަވާލުކުރުން.
  9. މިނިސްޓްރީއާއި ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސްގެ ވަޒީފާއާއި ބެހޭގޮތުން ޔުނިޓަށް އަންނަ ސިޓީ/ މެމޯ/ ނޯޓް ތަކަށް ޔުނިޓުގެ ވެރިޔަކު އަންގަވާގޮތެއްގެ މަތިން ޖަވާބު ފޮނުވުން.
  10. މިނިސްޓްރީއާއި ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސްގެ މުވައްޒަފުންގެ ދާއިމީ އަދި ވަގުތީ ރަޖިސްޓްރީ އަދާހަމަކޮށް ބެލެހެއްޓުން.
  11. ޔުނިޓުގެ އަހަރީ ރިޕޯޓު ތައްޔާރުކުރުމާއި، މުވައްޒަފުންގެ ޕޭ ސްލިޕް މުވައްޒަފުންގެ އޮފީސް މެއިލްއަށް މެއިލް ކުރުން.
  12. ސެކްޝަން މުވައްޒަފަކު ނެތް ޙާލަތެއްގައި ވެރިން އަންގަވާގޮތެއްގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތް ކުރުން.
  13. މުޅި މިނިސްޓްރީ ޝާމިލްވާގޮތަށް މިނިސްޓްރީން ކުރާ ޙާއްސަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމެންޓް
  3. ހިއުމަން ރިސޯސް މެނޭޖްމެންޓް
  4. ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ޕްރިފަރޑް ޑިސިޕްލިންތައް:

ނެތް

 

މަޤާމުގެ ކޯ ޑިސިޕްލިންތައް:

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް

މަޤާމުގެ މަސައްކަތު ދާއިރާތައް:

 

  1. ހިއުމަން ރިސޯސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ނޮވެންބަރު 2022 ވާ ބުދަ ދުވަހު 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އިމްތިހާނު އޮންނާނީ، 2022 ޑިސެންބަރު 04 އާއި 15 އާ ދެމެދުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3031546 ނުވަތަ 3031542 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

27 ރަބީޢުލްއާޚިރު 1444

21 ނޮވެންބަރު 2022