ވަޒީފާގެ ފުރުޞަތު
ނަންބަރު: KFC/HR/2022/ 24
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 28 ނޮވެންބަރު 2022 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ ސްޕަވައިޒަރ

ވަޒީފާގެ ފުރުޞަތު

 

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސީނިއަރ ސްޕަވައިޒަރ

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް، 01 އަހަރު ދުވަހުގެ މުއްދަތަށް

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ކެންޓީން / އެޑްމިނިސްޓްރޭޝަންސް ޑިޕާރޓްމެންޓް / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ:

 11,855.50 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި  މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިއާ، ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ. އަދި ހުރުމާއި، ކެއުމުގެ އިންތިޒާމުވެސް ހަމަޖައްސައި ދެވޭނެއެވެ.

ޝަރުޠު:

  • މަސައްކަތުގެ ދާއިރާއިން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާހުރި މީހަކު ކަމުގައިވުން
  • މެނޫއާއި އެއްގޮތަށް ކާތަކެތި ތައްޔާރުކުރަން އެގުމާއި، މުވައްޒަފުން ލައްވާ މަސައްކަތްކުރަން އެގުމާއި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުން

 

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކޫއްޑޫއަށް އަންނަ މެހުމާނުންނާއި މުވައްޒަފުންނަށް ކައްކާ ކާތަކެތީގެ ރަހަ ހެޔޮވަރުކުރުމާއި ކެއްކުން
  • ކައްކާއިންނާއި ގުޅިގެން ގަޑިން ގަޑިޔަށް ކައްކަންޖެހޭ ކާތަކެތި ތައްޔާރުކުރުން
  • ކެންޓީނުގެ މެނޫ ތައްޔާރުކުރުމާއި ކައްކާއިންގެ މަސައްކަތްތައް ސްޕަވައިޒުކޮށް ބެލެހެއްޓުން
  • ކެންޓީނުގެ އޮފިސަރ ނެތް ހާލަތުގައި ކެންޓީނުގެ ޑިއުޓީ ރޯސްޓަރ އަދި ދުވަހުން ދުވަހަށް ހަދަންޖެހޭ ފުޑް ސްލިޕް ތައްޔާރުކުރުން އަދި ޑިއުޓީއާއި އެއްގޮތަށް މުވައްޒަފުން ހާޟިރުވޭތޯ ބެލުން
    • މެނޭޖްމެންޓުން އެޕްރޫވ ކޮށްފައި ހުންނަ މެނޫއާއި އެއްގޮތަށް ކާތަކެތި ތައްޔާރުކުރުމުގައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން
    • ކައްކަން ބޭނުންވާ ސާމާނު ތަކެތި ހުސްވުމުގެ ކުރިން ލިސްޓުހަދައި އެތަކެތި ހޯދުމަށް ކެންޓީން އޮފިސަރަށް އެންގުން
    • ކައްކާއިންނަށް އިތުރު ކާއެއްޗިހި ކައްކަން ދަސްކޮސް ދިނުމާއި މަސައްކަތުގެ ދާއިރާއިން ތަމްރީނު ދިނުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ޕޮލިސްރިޕޯރޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށެވެ.
  • އީމެއިލް ކުރައްވާނީ  [email protected] އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 28 ނޮވެންބަރު 2022 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7982424 / 7943030 ފޯނަށް ގުޅުއްވުން އެދެމެވެ.

21 ނޮވެންބަރު 2022