ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2022/105
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 08 ޑިސެންބަރު 2022 14:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަނގޮޅިތީމު ކައުންސިލްގެ 2 ވަނަ ޤުރުޢާން މުބާރާތް

އިޢުލާން

އަނގޮޅިތީމް ކައުންސިލްގެ 02 ވަނަ ޤުރުއާން މުބާރާތް

އަނގޮޅިތީމް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ރާވާ އިންތިޡާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ( ކައުންސިލްގެ ދެ ވަނަ ޤުރްއާން މުބާރާތް 2022 ) ޑިސެމްބަރ މަހުގެ 20 ވާ އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭފޯމް ފުރިހަމަކުރައްވައި މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

ފޯމް ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 08 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.      

މުބާރާތުގެ ޢުމުރުފުރާތައް ބަހާލެވިފައިވާގޮތާއި މުބާރާތުގެ މުޤައްރަރު ތިރީގައި މި ވަނީއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

މުބާރާތުގެ އުމުރުފުރާއާއި މުޤައްރަރު:

#

އުމުރުފުރާ

ބަލައިގެން

ނުބަލާ

މަތިން

ތިރިން

 

1

5 އަހަރުން ދަށުގެ ކުދިންނަށް ބޭނުން ސޫރަތެއް ކިޔެވޭނެއެވެ.

2

7 އަހަރުން ދަށް

ފުރަތަމަ 5 ޞަފްހާ

ޟުޙާ ސޫރަތުން ތިރި

ޤަދްރް ސޫރަތުން ތިރި

3

9 އަހަރުން ދަށް

ފުރަތަމަ 12 ޞަފްޙާ

ބުރޫޖް ސޫރަތުން ތިރި

ބަލަދް ސޫރަތުން ތިރި

4

12 އަހަރުން ދަށް

2 ފޮތް

2 ފޮތް

ތަކްވީރް ސޫރަތުން ތިރި

5

17 އަހަރުން ދަށް

5 ފޮތް

5 ފޮތް

30 ވަނަ ފޮތް

6

17 އަހަރުން މަތި

7 ފޮތް

7 ފޮތް

މުއްޒައްމިލް ސޫރަތުން ފެށިގެން ތިރި

މުބާރާތުގައި އުމުރުފުރާ ބަލާނީ  މީލާދި ގޮތުން 30 ނޮވެމްބަރ 2022 އަށް އަހަރު  ފުރިފައިވާނަމައެވެ.

27 ރަބީޢުލްއާޚިރު 1444

21 ނޮވެންބަރު 2022

21 ނޮވެންބަރު 2022