ދިވެހިރާއްޖެ
ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުން
މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ގއ.ނިލަންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް، މި އިދާރާއިން ދޭ މައުލޫމާތާއި، ބީއޯކިއުއާއި އަދި ކުރެހުންތަކާއި އެއްގޮތަށް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި އިއުލާނާ އެކު މައުލޫމާތު ޝީޓް، ބީ.އޯ.ކިއު އަދި ކުރެހުން އާންމުކުރަމެވެ. ބިޑް ހުށަހެޅުން އޮންނާނީ ތިރީގައިމިވާ ވަގުތުގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
ބިޑް ހުށަހެޅުން |
ގއ.ނިލަންދޫ ކައުންސިލްގެ އިދާރާ |
30 ނޮވެމްބަރ 2022 |
ބުދަ |
11:00 |
.
މިމަސައްކަތް ކުރުމަށް ބިޑް ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4006696 ނަމްބަރ ފޯނާއެވެ. ނުވަތަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
26 ރަބީޢުލްއާޚިރު 1444