ދިވެހިރާއްޖެ
މިއިދާރާގެ ފަރާތުން ރައްޔިތުންނަށް ދެމުންގެންދާ ކުނިމެނޭޖުކުރުމުގެ ޚިދުމަތް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ބަދަލުތަކެއް ގެނައުމަށް ކައުންސިލްއިން ވަނީ ނިންމާފައެވެ. އެގޮތުން ކުނިމެޖޭކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ފަރާތްތައް ހިމެނޭގޮތަށް އަދި އަލަށް މިޕްރޮގްރާމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައވަނީ 20 ނޮވެމްބަރ 2022 އިން 29 ޑިސެމްބަރ 2022ގެ ނިޔަލަށެވެ. ކުނިމެނޭޖުކުރުމުގެ ޕްރޮގްރާމްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށާއި ފޯމް ފުރުމުގައި އެހީތެރިކަން ހޯއްދެވުމަށް 9107177 އަދި 9766204އާއި ގުޅުއްވުން އެދެމެވެ. އަދި 01 ޖެނުއަރީ 2023އިން ފެށިގެން ކުނިމެނޭޖުކުރުމުގެ ޚިދުމަތް ފޯރުކޮށްދެވޭނީ، ކުނިމެނޭޖުކުރުމުގެ ޕްރޮގްރާމްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.