ޢާންމު މަޢުލޫމާތު
ނަންބަރު: GS-189/IUL/2022/51
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:22
ސުންގަޑި: 29 ނޮވެންބަރު 2022 10:00
މާމެންދޫ ސްކޫލް، ލ.މާމެންދޫ
ދިވެހިރާއްޖެ
ވޭޖް އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދުމަށް

މާމެންދޫ ސްކޫލް

 

 

ލ.މާމެންދޫ

 

   ދިވެހިރާއްޖެ.

 

 

 

ނަންބަރު:  GS-189/IUL/2022/51

 

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-266577

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޯއިމަންޓްގެ އުޞޫލުން

މަޤާމުގެ ރޭންކު:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާމެންދޫ ސްކޫލް / ލ. މާމެންދޫ

މުއްދަތު:

ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން 2023 މާރިޗު 24 ގެ ނިޔަލަށް

މުސާރަ:

މަހަކު -/8977.00 ރުފިޔާ ( ވަޒީފާގައި ހޭދަކުރާ ވަގުތަށް ބަލައިގެން )

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަސްމީ ބަޖެޓާއި ، އަދި ސްކޫލްގެ އެހެނިހެން ފައިސާއާއިބެހޭ އެންމެހައި ލިޔެ ކިޔުންތައް ސަރުކާރުގެ މުދަލާއި ފައިސާ  ހޭދަކުރުމުގެ  ޤަވާޢިދުގައި  ބަޔާން  ކުރެވިފައިވާ  ގޮތުގެމަތިން ލިޔެބެލެހެއްޓުން.
  2. އިދާރީ ލިޔެ ކިޔުންތައް ބެލެހެއްޓުމާއި، ސްކޫލުން އެކިފަރާތްތަކަށް  ފޮނުވަންޖެހޭ  ރިޕޯޓްތަކުގެ ތެރެއިން  ފައިސާއާއި ބެހޭ  ރިޕޯޓްތަކާއި  ލިޔުންތައް ކަނޑައެޅިފައިވާ މުއްދަތައް ފޮނުވުން.
  3. ސްކޫލަށް ކުއްޔަށްހިފާ ތަންތަނާއި ތަކެއްޗާއި އެސްޓިމޭޓް އުސޫލުން ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި ސްކޫލުން އެކިއެކި ބޭނުންތަކަށް އެކިފަރާތްތަކަށްތަކެތި ދޫކުރުމާއި އަނބުރާގެނައުމުން އެތަކެތި ބަލައިގަނެ އެކަމާއިގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން
  4. ސަޕޯރޓް ސްޓާފުންގެ މަސައްކަތް ބެލެހެއްޓުން.
  5. އިދާރީ ކަންތަކުގައި ސްކޫލުގެ ވެރިންނަށް އެހީތެރިވެދިނުން.

 

6 .      ބަޖެޓް ފޮތްތައްލިޔެ ބެލެހެއްޓުން:

  • ސްކޫލްގެ އާމުދަނީގެ ގޮތުގައާއި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާއާއި މެދު ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރުން.
  • ފައިސާ ބަލައިގެންފައި ދޭ ރަސީދުގައި ލިޔެ ފައިސާ ބަލައިގަތުން
  • މިފައިސާ ތިޖޫރީއަށް ޖަމާކޮށް ހަމަ އެދުވަހު 'ތިޖޫރީ ބާކީ' ފޮތަށް އެރުވުން.
  • ސްކޫލް ހިންގުމަށް ލިބޭ ފައިސާ ފިޔަވާ އެކައުންޓަށް ޖަމާވާ އެހެނިހެން ފައިސާވެސް ލިބޭ ފައިސާގެ ދުވަހު ފޮތަށް އެރުވުން.
  • މިގޮތަށް ލިބޭ ފައިސާގެ ބާކީއަށް އެރުވުން.
  • މިފައިސާ 'އެހެނިހެން ފައިސާގެ އައިޓަމް ބާކީ' އަށް އަރުވާ ބެލެހެއްޓުން.
  • ސްކޫލްގެ އިދާރީ ހިންގުމަށް ލިބޭ ފައިސާ ފިޔަވާ އެހެނިހެން ގޮތްގޮތުން ޚަރަދުކުރަންޖެހޭ ފައިސާ ޚަރަދުކުރެވޭނެ ލިޔެ ކިޔުންތައް ފުރިހަމަކުރުމަށްޓަކައި ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރުން.
  • އެހެނިހެން ފައިސާއިން އެއްޗެއް ގަންނަންވެއްޖެނަމަ އިދާރީ ކަންކަން ބެލުމާ ޙަވާލުވެހުރި ވެރިޔާގެ މަސްވަރާގެ މަތިން ބޭނުންވާ ތަކެތީގެ ނޯޓު ތައްޔާރުކޮށް ތަކެތި ހޯދުން.
  • ލިބޭ ބިލްތައް ފައިސާ ހުއްދަދޭ ފޮތުގައި ލިޔެ އިދާރީކަންކަން ބަލުމާއި ޙަވާލުވެހުރި ވެރިޔާ ޗެކްކުރައްވައި ސޮއިކުރެއްވުމުން އިސްވެރިޔާ ސޮއިކުރުމަށް ގެންދިއުން.
  • ފައިސާ ޚަރަދުކުރުމަށް އިސްވެރިޔާ ހުއްދަ ދެއްވުމުން 'އެހެނިހެން ފައިސާ ޙަވާލުކުރާ' ފޮތުގައި ލިޔުން.
  • ހުއްދަދެއްވި ފައިސާ 'އެހެނިހެން ފައިސާގެ ބާކީ' އިން އުނިކުރުން.
  • ހުއްދަދެއްވި ފައިސާ ތިޖޫރީންނަގާ 'ތިޖޫރީ ބާކީ' އިން އުނިކުރުން.
  • މިފައިސާ ބިލްތަކުގެ ވެރިފަރާތާއި ޙަވާލުކުރާއިރު 'ފައިސާ ޙަވާލުކުރާ' ފޮތުގައި   ސޮއިކުރުވުން.
  • ބިލް އެންޓްރީގައި ފައިސާދެއްކިކަމަށް ނޯޓުކުރުން.
  • ފައިސާ ޙަވާލުކުރެވުނު ބިލްތަކުގައި ހުއްދަ ނަންބަރާއި ބިލްގެ ވަނަޖަހާ ފައިލްކުރުން.
  • ކޮންމެ މީލާދީ މަހެއް ނިމުމުން ޖެހިގެން އަންނަ މަހުގެ 05 ވަނަ ދުވަހުގެ ކުރިން އެހެނިގެން ފައިސާގެ ރިޕޯރޓާއި ބަޖެޓް ރިޕޯރޓް ތައްޔާރުކޮށް އިދާރީ ކަންކަން ބެލުމާ ޙަވާލުވެހުރި ވެރިޔާ ޗެކްކުރެއްވި ސޮއިކުރެއްވުމުން އިސްވެރިޔާ ސޮއިކުރެއްވުމަށް ގެންދިއުން.
  • މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން ސްކޫލްބޯޑުގެ ފައިސާގެ ކަންތައްތައް ކުރިޔަށް ގެންދިއުން.

7 .      މުސާރަ ޝީޓް ތައްޔާރު ކުރުމާއި މުސާރަދިނުން:

  • ކޮންމެމަހެއްގެ 20 ވަނަދުވަހުގެ ކުރިން މުސާރަޝީޓް ތައްޔާރުކުރުމާއި، ކުރީ ޝީޓް ތަކުގައި ހިމެނިފައިނުވާމުވައްޒަފުންނަށް ލިބެންވާ ހުރިހާ ފައިސާއެއް މުސާރަޝީޓް ގައި ހިމެނުން.
  • މުވައްޒަފުންގެ މުސާރަ ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • މުސާރައާއި އެލަވަންސް ފައިސާ ބޭންކުން ގެނައުމުގެ އިންތިޒާމު ހަމަޖެއްސުން.
  • މަހުގެ އެންމެ ފަހު ދުވަހު މުވައްޒަފުންގެ މުސާރަ އެމުވައްޒިފަކާ ޙަވާލުކުރުން.
  • މުވައްޒަފުންނަށް އެމީހުންނަށް ޙަވާލުކުރެވުނު ފައިސާގެ ތަފްސީލް އެނގޭނޭފަދަ ލިޔުމެއް ކޮންމެ މަހަކުވެސް ޙަވާލުކުރުން.

8.      އިންވެންޓްރީ ބެލެހެއްޓުން:

  • ސްކޫލަށް ހޯދޭ ތަކެތީގެ ތެރެއިން އިންވެންޓްރީއަށް އަރުވަންޖެހޭތަކެތި ،ޚަރަދު ކުރުމަށް ހުއްދަ ދިނުމުގެ ކުރިން އިންވެންޓްރީއަށް އެރުވުން.  އެގޮތުން ތަނަށް ގަންނަ ނުވަތަ ހަދިޔާ ގެ ގޮތުގައިލިބޭ ހުރިހާ މުދަލެއްވެސް އިންވެންޓްރީ ފޮތުގައި ލިޔެ ބަލަހައްޓަށް ވާނެއެވެ. އިވެންޓްރީ ފޮތުގައި ތިރީގައިވާ މަޢުލޫމާތު ހުންނަށްވާނެއެވެ.

* ކޯޑް ނަމްބަރ: (މިނަމްބަރ މުދަލުގައިވެސް ޖަހަންވާނެއެވެ.)

* މުދަލުގެ ފުރިހަމަ ނަމާއި ތަފްސީލް (ބްރޭންޑް، މޮޑެލް، ސީރިއަލްނަމްބަރ، މިން ނުވަތަ ބަރުދަން، މުދަލުގެ ޙާލަތު، މިނޫންވެސް މުހިއްމު މަޢުލޫމާތު ހިމަނަންވާނެއެވެ.)

* މުދާ ހުރިތަން.

* ލިބުނު ތާރީޚް.

* މުދަލުގެ އަގު.

* އިތުރުމަޢުލޫމާތު (ފަހުން އަންނަ ބަދަލު)

  • އިދާރީ މަސައްކަތުގައި ސްކޫލްގެ ވެރިންނާއި އެހެން މުވައްޒަފުންނަށް އެހީތެރިވުން.
  • ގުދަނުގައި ރައްކާކުރެވޭ ތަކެތި އެތަކެއްޗަށް ގެއްލުންނުވާނޭހެން ރައްކާކުރުން.
  • މަސައްކަތަށް ބޭނުންވާ ފޮތްތައް ތައްޔާރުކޮށް ނަންއަޅާ ސެލޯފިންލާ ފުރިހަމަކުރުން.
  • ތަފާސް ހިސާބު ރިޕޯޓް އެކުލަވާލުމުގައި ޙަވާލުކުރެވޭ ބައި ވަގުތަށް ނިންމުން.
  • ބިދޭސީ ޓީޗަރުންގެ ރިޒަރވޭޝަން ހަމަޖެއްސުން.
  • ބިދޭސީ ޓީޗަރުންގެ އަހަރީ ޗުއްޓީއަށް ދިއުމާއި އެނބުރި އައުމުގެ ދަތުރު ހަމަޖެއްސުން.

 

އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި  ވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައި ވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް: ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްނިމިސްޓްރޭޝަން
  • މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި މާމެންދޫ ސްކޫލްގެ އޮފީސް އަދި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސަރޓިފިކެޓު ތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސަރޓިފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސަރޓިފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަން ވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަން ވާނެއެވެ.)

(ބ)  ދައުލަތުގެ އުވާލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވާލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައިވާ މިންގަނޑުތަކެވެ.

  • އަސާސީ ޝަރުޠު ހަމަވުން               30
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު  5
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ  5
  • އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)    25
  • އިންޓަރ ވިއު                       35

ނޯޓް: މަޤާމަށް ޢައްޔަން ކުރާނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ނޮވެމްބަރު 2022 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން، މާމެންދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓު ކުރުން:

 

މި ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 30 ނޮވެމްބަރު 2022 އާއި 04 ޑިސެމްބަރު 2022 އާއި ދެމެދު، މާމެންދޫ ސްކޫލުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" ޢާންމުކޮށް ފެންނާނެހެން މި ސްކޫލްގެ ނޯޓިސްބޯޑުގައި އަދި ސަރުކާރުގެ ގެޒެޓްގައި ޢާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު ޢާންމުކުރާ ދުވަހުން ފެށިގެން، ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ސްކޫލަށް ހުށައަޅުއްވަން ވާނެއެވެ.

ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން ވަޒީފާ ހަމަޖައްސާ މުޥައްޒަފަށް މުސާރަ ކަނޑައެޅިފައިވާ ގޮތުގެ ތާވަލް

ރޭންކް

މަހެއްގެ މައްޗަށް އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު

ދުވާލަކަށް ދެވޭނެ އުޖޫރައިގެ މިންވަރު

1 ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު

ޖީ.އެސް 4

8977.00 ރުފިޔާ

299.23 ރުފިޔާ

37.40 ރުފިޔާ

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މި ސްކޫލްގެ ނަންބަރ  6800549 ފޯނަށެވެ. އީ-މެއިލް ކުރައްވާނަމަ [email protected] މި މެއިލް އައިޑީއަށް މެއިލް ކުރެއްވުން އެދެމެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ޢައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

26 ރަބީޢުލްޢާޚިރު 1444

20 ނޮވެމްބަރު 2022

21 ނޮވެންބަރު 2022