މަޤާމް:
|
އެކައުންޓްސް އޮފިސަރ
|
އަސާސީ މުސާރަ
|
-/6,400 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2,520 ރުފިޔާ
|
މަޤާމުގެ ރޭންކް
|
އޭ އެސް 5
|
ބޭނުންވާ ޢަދަދު:
|
01
|
މަސައްކަތް ކުރަންޖެހޭތަން:
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ފައިނޭންސް ޑިޕާޓްމެންޓް
|
މަޤާމުގެ ބާވަތް:
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
- މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- ގުޅޭ ދާއިރާގެ ޑިޕްލޮމާއެއް އޮތުމާއެކު ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ޑިޕާޓްމެންޓަށް ލިބޭ ރިކުއެސްޓްތަކާއި ބަޖެޓް ޕްރޮޕޯޒަލްތައް އެންޓްރީކޮށް ބަލަހައްޓައި ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުން
- ފައިސާ ދެއްކުމަށް ޑިޕާޓްމެންޓަށްލިބޭ އިންވޮއިސްތަކާއި ގުޅޭ ޑޮކިއުމެންޓްސް އަދި ޕޭމްންޓް ވައުޗަރތައް ފައިލްކޮށް ބެލެހެއްޓުން
- އެދުވަހެއްގައި ހެދޭ ޕޭމެންޓްތަކުގެ ސްލިޕްތައް އެފަރާތްތަކަށް ފޮނުވުން
- ފައިސާ ދެއްކުމަށް ޑިޕާޓްމެންޓަށްލިބޭ އިންވޮއިސްތައް އެކްސެލް އަދި ސޮފްޓްވެއަރ އަށް އެންޓަރކުރުން
- ދަތުރު އަދި އެހެނިހެން ކަންކަމަށް މުވައްޒަފުންނާއި ޙަވާލުކުރެވޭ ފައިސާގެ ޝީޓްތައް ހަދައި އެންޓްރީ ބެލެހެއްޓުން
- ރިކުއެސްޓް / ޕްރޮޕޯޒަތްތަކުގެ ބަޖެޓްބާކީ ބެލެހެއްޓުން
- މީގެ އިތުރުންވެސް ސުޕަވައިޒަރ ނުވަތ އެޗް.އޯޑީ އެވަގުތަކު ކުރުމަށް ޙަވާލުކުރާ ޑިޕާޓްމެންޓްގެ މަސައްކަތްކުރުން
|
އިތުރު އެލަވަންސްތައް:
|
- އެޓެންޑެންސް އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
- ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
- ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި:
|
މި މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 04 ޑިސެންބަރ 2022 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364، 3000207 އާއި ގުޅުއްވުން އެދެމެވެ.
|