ދިވެހިރާއްޖެ
އއ. އުކުޅަހު ކައުންސިލްގެ އިދާރާއަށް ޖެޓީ ކެރޭނެއް ހޯދުމަށް ކުރި ނަންބަރ (IUL)341-ADMN/341/2022/52 އިޢުލާން (10 އޮކްޓޯބަރ 2022) ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
| 
 ގަންނަން ބޭނުންވާ ތަކެތި:  | 
 ޖެޓީ ކެރޭން  | 
|
| 
 ބީލަމުގައި ބައިވެރިވުމަށް ޝަރުތު ފުރިހަމަވާ މީހުން  | 
 ބިޑް ހުށަހެޅުމަށް ދެވޭ މި ދަޢުވަތު ހުޅުވިގެންވަނީ ދިވެހި ރައްޔިތުންނަށާއި ދިވެހި ރައްޔިތުންގެ ސޯލް ޕްރޮޕްރިއޭޓަރޝިޕްތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާރޓްނަރޝިޕްތަކަށާއި ކުންފުނިތަކަށެވެ.  | 
|
| 
 ބިޑް ރެޖިސްޓްރޭޝަން  | 
 ބީލަން ހުށަހެޅޭނީ ރެޖިސްޓަރ ވާ ފަރާތްތަކަށެވެ. އަދި ރެޖިސްޓްރޭޝަން ފީ އެއްގެ ގޮތުން ކޮންމެ ފަރާތަކުންވެސް 500 ރުފިޔާ ހުށަހަޅަން ވާނެއެވެ. ބިޑްގައި ރެޖިސްޓަރ ވެވޭނީ 30 ނޮވެމްބަރ 2022 14:00 އާއި ހަމައަށެވެ. ބިޑްގައި ރެޖިސްޓަރވާން ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްގައި ރެޖިސްޓަރ ވުމަށް އެދޭ ފޯމު މެދުވެރިކޮށް އއ. އުކުޅަހު ކައުންސިލްގެ އިދާރާއަށެވެ. ބިޑްގައި ރެޖިސްޓަރ ވުމަށް އެދޭ ފޯމް މި އިޢުލާނާއި އެކު ހިމެނިފައިވާނެއެވެ. ބިޑްގައި ރެޖިސްޓަރ ވުމަށް ފައިސާ ދެއްކުމުން، އެ ފައިސާ ބަލައިގަތްކަމުގެ ރަސީދެއް ކައުންސިލްގެ އިދާރާއިން ދޫކުރާނެއެވެ. އަދި ރެޖިސްޓްރޭޝަން ނަންބަރެއް މި ރަސީދުގައި ބަޔާންކޮށްފައި އޮންނާނެއެވެ. ކޮންމެ ރެޖިސްޓްރޭޝަން އަކަށް ދެވޭނީ ވަކި ސީރިއަލް ނަންބަރެކެވެ. އެހެންކަމުން ރެޖިސްޓަރ ވާ ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެއް ބިޑެވެ. ބިޑް ޑޮކިއުމަންޓާއި ބިޑްގެ ސީރިއަލް ނަންބަރަކީ ވަކިފަރާތަކަށް ސީދާ ދޫކުރެވޭ އެއްޗެއްކަމުގައިވާތީ، އެއީ އެހެންފަރާތަކަށް ފަހުން ބަދަލުކުރެވޭނެ ނުވަތަ ނަކަލުކުރެވޭނެ އެއްޗެއް ނޫނެވެ. ބިޑްގައި ރެޖިސްޓަރ ކުރުމަށް އެދޭ ފޯމާއިއެކު އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ. 
  | 
|
| 
 ބިޑް ހުށަހެޅުމުގެ ޚަރަދު  | 
 ބިޑް ކުރުމުގެ މި މުޅި މަރުޙަލާ ކޮންމެގޮތަކަށް ނިމުނުކަމުގައި ވީނަމަވެސް، ނުވަތަ ބިޑް ބާޠިލުކުރަންޖެހުނު ކަމުގައިވީނަމަވެސް، ނުވަތަ ބިޑް އެފަރާތަކަށް ކާމިޔާބު ނުކުރެވުނު ކަމުގައިވީނަމަވެސް، ކަމާގުޅޭގޮތުން ބިޑް ކުރާ ފަރާތަށް އުކުޅަހު ކައުންސިލުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެއެވެ. އަދި، ބިޑް ކުރާ ފަރާތްތަކުން ހުށަހަޅާ ބިޑް ތައްޔާރުކުރުމުގައި ނުވަތަ އެ ބިޑް ހުށަހެޅުމުގައި ހިނގާ ޚަރަދަކަށް ކައުންސިލުން އެއްވެސް މިންވަރަކަށް އެއްވެސްގޮތަކަށް ޒިންމާއެއް ނުވާނެއެވެ.  | 
|
| 
 ބިޑް ސައްޙަވާ މުއްދަތު  | 
 ބިޑް ޞައްޙަވާ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތެވެ.  | 
|
| 
 ބިޑް ޑޮކިއުމަންޓް އިޞްލާޙުކުރުން  | 
 ކައުންސިލްގެ އަމިއްލަ އިޚްތިޔާރުގައި ނުވަތަ ބިޑް ހުށަހަޅަން ބިޑް ފޯމް ގަނެފައިވާ ފަރާތަކުން ސާފުކުރަން އެދޭ މަޢުލޫމާތަކާ ގުޅިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ބިޑް ޑޮކިއުމަންޓަށް، 28 ނޮވެމްބަރ 2022 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން، އިޞްލާޙު ގެނައުމުގެ ފުރިހަމަ އިޚްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ. ކައުންސިލުން ބިޑް ޑޮކިއުމަންޓަށް ގެންނަ ކޮންމެ އިޞްލާޙެއްވެސް، ބިޑްގައި ރެޖިސްޓަރ ވެފައިވާ ހުރިހާ ފަރާތްތަކަށް ފޯރުކޮށްދީ، އެކަން ޢާންމުކޮށް އިޢުލާނުކުރެވޭނެއެވެ.  | 
|
| 
 ބިޑް އޮންނަންވީ ގޮތް  | 
 ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި ބިޑްގައި ރަޖިސްޓަރވުމުން ލިބިލެއްވި ސީރިއަލް ނަންބަރ ލިޔެވިފައި އޮންނަންވާނެއެވެ.  | 
|
| 
 ބިޑް ހުށަހަޅަންޖެހޭ ތަން  | 
 އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާއަށް ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ ޢާންމުކޮށް އަންގާ އެޑްރެހަކަށެވެ.  | 
|
| 
 ބިޑް ހުށަހަޅާ ތާރީޚު އަދި ގަޑި  | 
 ތާރީޚު: 01 ޑިސެމްބަރ 2022  | 
 ގަޑި: 11:00  | 
| 
 ގަޑި ޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.  | 
||
| 
 ބިޑް ހުޅުވާ ތާރީޚު އަދި ގަޑި  | 
 ތާރީޚު: 01 ޑިސެމްބަރ 2022  | 
 ގަޑި: 11:00  | 
| 
 ބިޑް ހުޅުވާ ތަން  | 
 ބިޑް ހުށަހަޅާ ފަރާތްތަކުގެ ޙާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ޙާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، ކައުންސިލްގެ އިދާރާގައެވެ.  | 
|
| 
 އިތުރު މަޢުލޫމާތު  | 
 ބިޑް ހުށަހެޅުމަށް ބިޑްގައި ރެޖިސްޓަރ ވެފައިވާ ފަރާތްތަކުގެ ތެރެއިން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތައް ލިޔުމަކުން ކައުންސިލްއަށް 27 ނޮވެމްބަރ 2022 ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.  | 
|
ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ފޯމް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.