މަސައްކަތް
ނަންބަރު: (IUL)438-ENV/438/2022/483
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 01 ޑިސެންބަރު 2022 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ކޮންސަލްޓަންސީ ސަރވިސް ފޯރ މާކެޓިންގ، ކޮމިއުނިކޭޝަންސް ވިތް ޕަބްލިކް އެވެއަރނަސް އެންޑް އެޑްވޮކަސީ ޕްރޮގްރާމްސް ފޯރ އިންޓަރގްރޭޓެޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް މަޝްރޫޢު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކޮންސަލްޓަންސީ ސަރވިސް ފޯރ މާކެޓިންގ، ކޮމިއުނިކޭޝަންސް ވިތް ޕަބްލިކް އެވެއަރނަސް އެންޑް އެޑްވޮކަސީ ޕްރޮގްރާމްސް ފޯރ އިންޓަރގްރޭޓެޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް މަޝްރޫޢު

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ (އެމް.އީ.ސީ.ސީ.ޓީ) އިން ކުރިއަށްގެންދާ "އިންޓަރގްރޭޓެޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއަށް ބޭނުންވާ  މާކެޓިންގ، ކޮމިއުނިކޭޝަންސް ވިތް ޕަބްލިކް އެވެއަރނަސް އެންޑް އެޑްވޮކަސީ ޕްރޮގްރާމްސް ގެ ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަގާމަށް ހޮވޭފަރާތް މަސައްކަތްކުރައްވާނީ މަޝްރޫޢުގެ ނޭޝަނަލް ޓެކްނިކަލް ކޯޑިނޭޓަރގެ އިރުޝާދުގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގައި ގާއިމުކުރެވިފައިވާ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައެވެ.

މި ކޮންސަލްޓަންސީ ޚިދުމަތުގެ ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި، ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީހުން ފެށިގެން 60 ދުވަސް އޮންނަން ވާނެއެވެ.

ބީލަން ހުށަހަޅާނީ 01 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 10:00 ގެ ކުރިން މި މިނިސްޓްރީގެ ރިސެޕްޝަންށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 01 ޑިސެމްބަރ 2022 ވަނަ ދުވަހުގެ  10:00 ގައި މި ކޮންސަލްޓޭޝަން ޚިދުމަތަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ހާޟިރުވެތިބި  ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޟިރުގައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި ކޮންސަލްޓަންސީ ޚިދުމަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 27 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ކޮންސަލްޓަންސީ ޚިދުމަތުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް[email protected]

ކޮޕީ: [email protected]

 

އެޕްލިކޭޝަން ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

އެޕްލިކޭޝަން ޓައިޓްލް: " ކޮންސަލްޓަންސީ ސަރވިސް ފޯރ މާކެޓިންގ، ކޮމިއުނިކޭޝަންސް ވިތް ޕަބްލިކް އެވެއަރނަސް އެންޑް އެޑްވޮކަސީ ޕްރޮގްރާމްސް ފޯރ އިންޓަރގްރޭޓެޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް މަޝްރޫޢު"

 

“Do not Open On or Before 01st December 2022 – 10:00hrs – “Consultancy Service for in Marketing, Communications and Public awareness and advocacy programs – (IUL)438-ENV/438/2022/483”

 

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ލިބިގެންވެއެވެ.

20 ނޮވެންބަރު 2022