ދިވެހިރާއްޖެ
އިޢުލާން
ނަންބަރ:GS-134/I/2022/11
02 ކްލާސްރޫމްގެ މުށި ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
މިސްކޫލްގެ 2 ކްލާސްރޫމްގެ މުށިބަދަލުކުރަން ބޭނުންވެގެން ކުރި އިޢުލާން (GS-134/I/2022/09 ، 13 ނޮވެމްބަރ 2022) އަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ، އެއިޢުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ އުސޫލުން ބީލަމުގައި ރަޖިސްޓްރީކޮށް، މައުލޫމާތު ސާފްކޮށް، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަމަށް ރަޖިސްޓްރީ ކުރުން |
20 ނޮވެމްބަރ 2022ން 22 ނޮވެމްބަރ 2022ވާ އަންގާރަ ދުވަހުގެ 10:00އަށް |
ކުޑަރިކިލު ސްކޫލް |
މައުލޫމާތު ސާފްކުރުން |
22 ނޮވެމްބަރ 2022 11:00 |
ކުޑަރިކިލު ސްކޫލް |
އަންދާސީ ހިސާބް ހުށަހެޅުން |
27 ނޮވެމްބަރ 2022 11:00 |
ކުޑަރިކިލު ސްކޫލް |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށަހަޅަންވާނެއެވެ. ބީލަމަށް ރަޖިސްޓްރީ ނުކުރައްވާ، މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 ރަބީޢުލްއާޚިރު 1444
20 ނޮވެމްބަރ 2022