ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2014/166
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 20 ނޮވެންބަރު 2014 16:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެޓޯލްސް އެޑްމިނިސްޓްރޭޓިވް އޮފިސަރ ޓްރެއިނީ

މަޤާމު :

އެޓޯލްސް އެޑްމިނިސްޓްރޭޓިވް އޮފިސަރ ޓްރެއިނީ

ބޭނުންވާ އަދަދު :

01

މުސާރަ :

  1. 4401.00 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ އެއްރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް :

  1. 1890.00 ރުފިޔާ (އެއްހާސް އަށްސަތޭކަ ނުވަދިހަ ރުފިޔާ)

 

އޮފީސް :

ގއ.ވިލިނގިލި ޕޯސްޓް އޮފީސް

 

މަޤާމުގެ ޝަރުޠު :

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން އެކައުންޓިންގ ހިމަނައިގެން 3 މާއްދާއިން ދަށްވެގެން"ސީ" ފާސް ލިބިފައިވުން އަދި ދިވެހިން "ސީ" ފާސް ލިބިފައިވުން.
  • ކޮމާރސް ސްޓްރީމް ހަދާފައިވާ ފަރާތްތަކަށް އަދި މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ދިވެހިބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއެކު ލިޔަން ކިޔަން އެނގުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން. ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކު ކަމުގައި ނުވުން.
  • މިވަޒީފާއަށް މީހުން ހޮވުމުގައި އޮފީހުގައި ޚިދުމަތްތައް ފޯރުވައިދިނުމުގެ އިތުރުން އިދާރީ މަސައްކަތްތަކާއި، ފައިސާގެ މަސައްކަތްތަކާއި، މޭލް ބެހުމާއި މޭލްބޭގްތައް ހަވާލުވުމާއި އަދި ފޮނުވުން ފަދަ މަސައްކަތްތަކަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް :

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެޓެސްޓްކޮށްފައި)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުންގަޑި :

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 20 ނޮވެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހެޑްއޮފީހުގެ ފެކްސް ނަންބަރު 3321559 އަށް ފެކްސް ކުރެއްވުން އެދެމެވެ. ގއ.ވިލިނގިލިން ނަމަ، ވިލިނގިލި ޕޯސްޓް އޮފީހަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު :

މިމަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009272 ،3009273 ،3009274

ފެކްސް: 3321559

13 ނޮވެންބަރު 2014