މަސައްކަތް
ނަންބަރު: (IUL)23-AP/1/2014/223
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި: 20 ނޮވެންބަރު 2014 11:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެއަރފްރައިޓްކޮށް ރާއްޖެއިން ބޭރުން ގެނެވޭ ތަކެތި ކްލިއަރކުރުމަށް

މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކަށް އެއަރފްރައިޓްކޮށް ރާއްޖެއިން ބޭރުން ގެނެވޭ ތަކެތި ކްލިއަރ ކުރުމަށް މިނިސްޓްރީ ނަންބަރު IUL)23-AP/1/2014/212)ފ(30 އޮކްޓޫބަރު 2014) އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު، މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކަށް އެއަރފްރައިޓްކޮށް ރާއްޖެއިން ބޭރުން ގެނެވޭ ތަކެތި ކްލިއަރކުރުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 ނޮވެންބަރު 2014 ދުވަހުގެ ހެނދުނު 11:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ނޮވެންބަރު 2014 ދުވަހުގެ ހެނދުނު 11:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

20 މުޙައްރަމް 1436

13 ނޮވެންބަރު 2014