މަސައްކަތް
ނަންބަރު: (IUL)23-AP/1/2014/224
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:51
ސުންގަޑި: 24 ނޮވެންބަރު 2014 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އިންސްޕެކްޝަން ދަތުރުތައްކޮށްދޭނެ ސަފާރީއެއް ހޯދުމަށް

މިނިސްޓްރީން ފެށުމަށް ހަމަޖެހިފައިވާ ކޮލިޓީ އެޝުއަރެންސް ޕްރޮގްރާމުގެ ދަށުން ކުރެވޭ އިންސްޕެކްޝަން ދަތުރުތައް ކޮށްދޭނެ ސަފާރީއެއް ހޯދުމަށް މިނިސްޓްރީ ނަންބަރު IUL)23-AP/1/2014/218)ފ(06 ނޮވެންބަރު 2014) އާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލުކުރުމަށްފަހު މިނިސްޓްރީން ފެށުމަށް ހަމަޖެހިފައިވާ ކޮލިޓީ އެޝުއަރެންސް ޕްރޮގްރާމުގެ ދަށުން ކުރެވޭ އިންސްޕެކްޝަން ދަތުރުތައް ކޮށްދޭނެ ސަފާރީއެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 24 ނޮވެންބަރު 2014 ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ނޮވެންބަރު 2014 ދުވަހުގެ ހެނދުނު 10:30 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

20 މުޙައްރަމް 1436

13 ނޮވެންބަރު 2014