ޢާންމު މަޢުލޫމާތު
ނަންބަރު: GS43-A/2022/57
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 26 ނޮވެންބަރު 2022 09:00
ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ޝަރަފުއްދީން ސްކޫލްގައި ހުރި ބައުތަކެތި ނީލަންކިއުން

                           ނަންބަރ: GS43-A/2022/57

އިޢުލާން

މިސްކޫލްގައި ހުރި ބައުތަކެތި ނީލަންކިޔުމަށްޓަކައި ކުރެވުނު ނަމްބަރ:GS43-A/2022/47 އިޢުލާނާ ގުޅިގެން 12 ނޮވެމްބަރ 2022 ވަނަ ދުވަހު އޮތް ނީލަމުގައި ނުވިކިހުރި ތަކެތި ހުރުމާއެކު އެތަކެތި ދެވަނަ ފަހަރަށް ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. ނީލަން ކިއުން އޮންނާނީ 26 ނޮވެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ޝަރަފުއްދީން ސްކޫލްގެ ގޯތިތެރޭގައެވެ.

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 24 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 11:00 ން 13:00 ޝަރަފުއްދީނަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިޔަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ޚާޟިރުގައެވެ.

ވީމާ ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 26 ނޮވެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ 9:00 އަށް ޝަރަފުއްދީން ސްކޫލަށް ދުރުވުމުން ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމުގައި އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކުމަށްފަހު ތަކެތި ގެންދަން ވާނެއެވެ.

16 ނޮވެންބަރު 2022