ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 އިން 8 އަށް މިޞްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުރުޙީގައި ދަންނަވާފައިވާ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށްވަނީ ލިބިފައެވެ.
މުބާރާތުގައިބައިވެރިވުމުގެ ޝަރުޠު
1- ޢުމުރުން 40 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައި ނުވުން.
2- މުޅި ޤުރްއާން އެއްކޮށް ހިތުދަސް ކޮށްފައިވުން.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ޤުރްއާން ކިޔަވައި އުނގަންނައިދިނުމުގެ މަސައްކަތުގެ ތަޖުރިބާ ހުރިކަމުގެ ލިޔުން، ބައިނަލްއަޤްވާމީ/ޤައުމީ ޤުރްއާން މުބާރާތެއްގައި ބައިވެރިވެ ވަނައެއް ލިބިފައިވާނަމަ ލިބިފައިވާ ކާމިޔާބީ އާއި ގުޅޭ ލިޔުން އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯ 23 ނޮވެންބަރު 2022 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް (ކިންގް ސަލްމާން މިސްކިތް ) ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ "[email protected] " އަށް މެއިލް ކުރެއްވުން އެދެމެވެ.
މި މުބާރާތުގައި ބައިވެރިކުރާނެ ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުއެވެ.