މަސައްކަތް
ނަންބަރު: (IUL)32-A/1/2014/83
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 20 ނޮވެންބަރު 2014 11:00
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޤާނޫނުލްޢުޤޫބާތުގެ ފޮތް ޗާޕުކުރުމާބެހޭ

ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ފޮތެއްގެ ގޮތުގައި ޗާޕުކުރުމަށްޓަކައި ލޭއައުޓް ހަދައިދިނުމާއި އެ ލޭއައުޓާ އެއްގޮތަށް 2000ފޮތް ޕްރިންޓް ކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 ނޮވެންބަރު 20 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢޫލުމާތު ސާފުކުރެއްވުމަށްފަހު 2014 ނޮވެންބަރު 24 ވާ ހޯމަ ދުވަހުގެ 11:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

24 މުޙައްރަމް 1436    

17 ނޮވެންބަރު 2014