ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)235-VAC/235/2022/18
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 08 ޑިސެންބަރު 2022 13:00
ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ވ.އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނި" ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) ގެ 11 ވަނަ ބާބު، 70 ވަނަ މާއްދާ "ކައުންސިލްތަކުން ވިޔަފާރިކުރުން" ގެ (ހ) އަދި (ށ) ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެމަތިން އުފެއްދުމަށް ހަމަޖެހިފައިވާ "ވ.އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނި"ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް، ބޯޑުގެ ތިރީގައި މި ދަންނަވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

#

މަޤާމު

ޢަދަދު

1

އެގްޒެކަޓިވް ޑިރެކްޓަރު (މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒަކަޓިވް އޮފިސަރ)

1

2

މިނިވަން ޑިރެކްޓަރު

1

 

     ވ.އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑު ޑިރެކްޓަރުން ހޮވާނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" )ގަވާއިދު ނަންބަރު: 2021/R-49) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

     މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ، "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" )ގަވާއިދު ނަންބަރު: 2021/R-49) ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިފާ "ފިޓް އެންޑް ޕްރޮޕަރ" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް ފުރިހަމަވާ؛ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައިފާވާ "ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑު (01/221/2022އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ފުރިހަމަވާ ފާރާތެއްކަމުގައި ވާންވާނެއެވެ.

 

     ތިރީގައި އެވަނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ގަވާއިދު "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" )ގަވާއިދު ނަންބަރު: 2021/R-49) ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅުއްވާފައިވާ ޝަރުތުތަކެވެ.

     މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، "ވ.އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުން ބޯޑަށް ކުރިމަތިލުމަށްއެދި ހުށަހަޅާ ފޯމް" އަދި ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 08 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، ވ.ފެލިދޫ ނުވަތަ [email protected] އީމެއިލްއަށް ހުށަހެޅުއްވުން އެދެމެވެ.

     ބޯޑުގެ ޑިރެކްޓަރކަމަށް ކުރިމަތިލައްވާ ފަރާތްތައް، ފެލިދެއަތޮޅު އަތޮޅު ކައުންސިލުން އެކުލަވާލާ ކޮމިޓީއިން އިވެލުއޭޓްކުރުމަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްކުރެވި އިންޓަވިއުކުރެވުނު ފަރާތްތަކުގެ ނަންތައް ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެންބަރުން ކަނޑައަޅާގޮތެއްގެ މަތިން، ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ބޯޑުގެ ޑިރެކްޓަރުކަމަށް ހޮވުނު ފަރާތްތަކުގެ ވަނަވަރު ހިއްސާކުރެވޭނެއެވެ.

     ވ.އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑުގައި ޖެންޑަރ ޑައިވަރސިޓީ ހިމެނުމަށް ބާރު އެޅުމުގެގޮތުން ބޯޑުގެ މެމްބަރުންގެ ގޮތުގައި އަންހެން ބޭފުޅުން ކުރިމަތިލުމަކީ ފެލިދެއަތޮޅު އަތޮޅު ކައުންސިލުން މަރުހަބާ ކިޔާ ކަމެކެވެ.

     ވ.އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް އަދި ފޯމާއެކު ހުށަހަޅަންވީ މައުލޫމާތުތައް ތިރީގައިވާ ލިންކުން ޑައުންލޯޑްކުރެވޭނެއެވެ.

(މިފޯމް ކައުންސިލް އިދާރާގެ ވެބްސައިޓު ޑައުންލޯޑްސް http://www.vaav.gov.mv/?page_id=65 އިން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

 

"ވ.އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނި" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް

 

އެގްޒެކަޓިވް ޑިރެކްޓަރު

މިނިވަން ޑިރެކްޓަރު

ޝަރުތުތައް

(ހ) އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ ދިވެއްސަކުކަމުގައިވުން

(ށ) ބުއްދި ސަލާމަތުން ހުރުން

(ނ) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

(ރ) ޖިނާޢީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން.

(ބ) މި ޝަރުތުތަކުގެ މާއްދާ (ރ) ގައި އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން، އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

(ޅ) މަތީ ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުމާއިއެކު، 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

(ކ) އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.

(އ) ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތު އަދާކުރަމުން އަންނަ، ނުވަތަ އަދާކުރުމަށް ހަމަޖެހިފައިވާ ފަރާތްކަމުގައިވުން.

(ވ) ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

(ހ) އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ ދިވެއްސަކުކަމުގައިވުން

(ށ) ބުއްދި ސަލާމަތުން ހުރުން

(ނ) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

(ރ) ޖިނާޢީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން.

(ބ) މި ޝަރުތުތަކުގެ މާއްދާ (ރ) ގައި އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން، އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

(ޅ) މަތީ ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުމާއިއެކު، 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

(ކ) އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.

(އ) ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

(ވ) ވޭތުވެދިޔާ 2 (ދޭއް) އަހަރުގެ ތެރޭގައި، ކައުންސިލްގެ ދާއިމީ ވަޒީފާއެއްގައި ހުރެފައިވާ ފަރާތަކަށް ނުވުން.

(މ) ވޭތުވެދިޔާ 2 (ދޭއް) އަހަރުގެ ތެރޭގައި ކައުންސިލަށް އެއްވެސް ހައިސިއްޔަތަކުން އެއްވެސް ބާވަތެއްގެ ޚިދުމަތެއް ދެމުން އަންނަ ފަރާތަކަށް ނުވުން.

16 ނޮވެންބަރު 2022