ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭނުމަށް، ތިރީގައި މިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
|
މަސައްކަތް |
ޕްރޮޖެކްޓް ނަމްބަރު |
ބިޑް ސެކިއުރިޓީ ދިވެހިރުފިޔާ |
ޕްރީ-ބިޑް މީޓިންގ |
ބިޑް ހުޅުވުން |
1 |
އދ. ފެންފުށި- ބޭރުތޮށި ހެދުން |
TEB/2014/137 |
95,000 |
26 ނޮވެންބަރު 2014 14:00 |
11 ޑިސެންބަރު 2014 14:00 |
2 |
ހދ.ކުމުންދޫ- ބޭރުތޮށި މަރާމާތުކުރުން |
TEB/2014/142 |
80,000.00 |
27 ނޮވެންބަރު 2014 11:00 |
11 ޑިސެންބަރު 2014 11:00 |
3 |
ޅ. ނައިފަރު- ބޭރުތޮށި މަރާމާތުކުރުން |
TEB/2014/138 |
110,000.00
|
27 ނޮވެންބަރު 2014 10:00 |
11 ޑިސެންބަރު 2014 10:00 |
4 |
އއ.ހިމަންދޫ- ހާބަރު ހެދުން |
TEB/2014/139 |
105,000.00
|
26 ނޮވެންބަރު 2014 11:00 |
11 ޑިސެންބަރު 2014 12:00 |
5 |
ތ.އޮމަދޫ- ހާބަރު ހެދުން |
TEB/2014/140 |
120,000.00
|
26 ނޮވެންބަރު 2014 10:00 |
11 ޑިސެންބަރު 2014 11:00 |
2. ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
3. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 17 ނޮވެންބަރު 2014 އިން 24 ނޮވެންބަރު 2014 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް މި މިނިސްޓްރީއިންނެވެ. ބީލަން ފޮތެއްގެ އަގަކީ -/1500 (އެއްހާސް ފައްސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި ސެންޓަރަލް ޕްރޮކިއުމެންޓް އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.
4. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހެޅުންވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމަށެވެ.