ދިވެހިރާއްޖެ
މިރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި 69.2 (ޕޯލްޓްރީ) ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދުން 03 ބިން 25 އަހަރަށް ކުއްޔަށް ދިނުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިމަށްއެދި ބީލަން ފޯމް ހުށަހެޅުއްވުންއެދެމެވެ. މި އިޢުލާނާގުޅޭ ބީލަން ކަރުދާސް 2022 ނޮވެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ 09:00 ން ފެށިގެން 2022 ނޮވެމްބަރ 23 ވާ ބުދަ ދުވަހުގެ 13:00 އާއި ހަމަޔަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަން ކަރުދާހާއި ބީލަން ފޯމްގެ އަގަކީ -/50 (ފަންސާސް ރުފިޔާ) އެވެ.
މިއިޢުލާނާ ގުޅިގެން ބީލަން ފޯމް ބަލައިގަތުމާއި ކެނޑުން އޮންނާނީ 2022 ނޮވެމްބަރ 29 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ކަރުދާހާއި ފޯމް ނުނަންގަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ގިނަ ފަރާތްތަކަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އެއްނަމެއްގައި 2 ބިން ދޫނުކުރެވޭނެއެވެ.
ބީލަން ކަރުދާސް ނަންގަވަން އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވިޔަފާރި ރެޖިސްޓްރީއެއްގެ ދަށުން ނުވަތަ އެނޫންވެސް ޤާނޫނީ ސަޙުސެއްނަމަ ރަޖިސްޓްރީގެ ކޮޕީ ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.
ހުށަހެޅޭ ބީލަން ފޯމް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ. ހުށަހަޅާ ބީލަން ފޯމްތައް އިވަލުއޭޓް ކުރެވޭނީ ކޮންމެ ބިމެއް ވަކިންނެވެ. މިފުރުޞަތުގައި ބިމަކަށް އެއްމެ ފަރާތަކުން ކުރިމަތިލީކަމުގައި ވީނަމަވެސް އިވަލުއޭޝަން ކުރިއަށް ގެންދެވޭނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.