ވަޒީފާގެ ފުރުޞަތު
ނަންބަރު: GS123/IUL/2022/11
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:00
ސުންގަޑި: 27 ނޮވެންބަރު 2022 14:00
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
މަސައްކަތު މީހެއްގެ މަޤާމަށް މީހަކު ހޯދުން

                                 `

އިންނަމާދޫ ސްކޫލް

 ރ. އިންނަމާދޫ، ދިވެހިރާއްޖެ     

  ނަންބަރު:GS123/IUL/2022/11   

އިޢުލާނު

 

މަޤާމު:

މަސައްކަތު

މަޤާމުގެ ނަންބަރު:

J-250309

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންނަމާދޫ ސްކޫލް / ރ. އިންނަމާދޫ

މުސާރަ:

-/3100 ރ

ސަރވިސް އެލަވަންސް:

-/1000 ރ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  4. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 (މަހަކު)
  5. ސަޕޯޓިންގް ކޯ އެލަވަންސް -/1200 ރ. (މަހަކު)
  6. މިނިމަމް ވޭޖް އެލަވަންސް: ސިވިލް ސަރވިސްގެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑަ އަޅާފައިވާ ޢަދަދަށްވުރެ މަދުން ލިބޭނަމަ، އެ ޢަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައި ދެވޭނެއެވެ.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ވަޒީފާގެ މައިގަނޑު މަސައްކަތްތައް.

ހ. ސްކޫލްގެ ބިމުގެ ތެރެއިން ފާހަގަކޮށް ޙަވާލުކުރެވިފައިވާ ސަރަޙައްދުގެ ވިނަނޮޅައި، ކުނިކަހާ ސާފުކޮށް ބެލެހެއްޓުން އަދި ނެގޭ ކުނިތައް ކުނިގޮނޑަށް ގެންދިއުން. ސްކޫލުގެ ފާޚާނާތައް ދުވާލަކު 1 ފަހަރު ސާފުކޮށް ބެލެހެއްޓުން.

ށ. ސްކޫލުގެ ޙަވާލުކޮށް ފައިވާ ޢިމާރާތްތަކުގެ ތެރެއިން މޮޕް އަޅަންޖެހޭ ޢިމާރާތް ތަކުގެ ތަޅުމުގައި މޮޕް އެޅުމާއި، ޢިމާރާތް ތައް ކުނިކަހާ، ހިރަފުސްފޮޅައި، ފަންކާތަކާއި މަކުނުވާތައް ފޮޅައި ސާފުކޮށް ބެލެހެއްޓުން.

ނ. ސްކޫލުގެ ގޮނޑިމޭޒުތަކާއި، ކުލާސްރޫމު ތަކާއި ،ދޮރުތަކާއި ދޮރުފަތް ތަކުން މަދުވެގެން ހަފުތާއަކު އެއްފަހަރު ހިރަފުސް ފޮޅައި ސާފުކުރުން.

ރ. ސްކޫލުން ބާއްވާ އެކި އެކި ބައްދަލުވުންތަކާއި ޖަލްސާ ތަކަށް، ބައްދަލުވުން ނުވަތަ ޖަލްސާ ބާއްވާ ތަން ތައްޔާރުކުރުމާއި، އެ ބައްދަލުވުންތަކަށް ގޮނޑި، ޑެސްކުފަދަ ތަކެތި އެތުރުމާއި، އެބައްދަލުވުންތައް ނިމުމުން ކުރިން ހުރި ތަންތަނަށް ގޮނޑި ޑެސްކުތައް ވައްދައި ތަރުތީބުކުރުން.

ބ. ވާރޭ ވެހޭ މޫސުމުގައި ސްކޫލުގެ ބޯފެން އަޅާ ހަންތައް ސާފުކުރުމުގައާއި، ބޯފެން ހަންތަކަށް ފެން އެޅުމުގައި ސްކޫލަށް އެހީތެރި ވެދިނުން.

ޅ. ސްކޫލު އިމާރާތްތަކުގެ ފުރާޅުގައި އަދި ދިޔަދޮވީގައި ހަރުލާފައި ހުންނަ ކުނިތައް ނަގައި ސާފުކޮށް ބެލެހެއްޓުން.

ކ. ސްކޫލުން ޢާއްމުކުރާ އިޢުލާނު ތަކާއި، ނޯޓިސްތައް ޢާއްމުކުރުމުގައި ސްކޫލުން އަންގާ ގޮތެއްގެ މަތިން ޢަމަލުކުރުން.

އ. ސްކޫލުން ފަރާތް ފަރާތަށް ދެންނެވުމަށް ޙަވާލުކުރާ ލިޔުންތަކާއި، ނޯޓިސް ތައް އެފަރާތްތަކާއި ޙަވާލުކުރުން. އަދި ސްކޫލަށް އެކި ތަންތަނުން ފޮނުވާތަކެތި ބަނދަރުން ސްކޫލަށް ގެނައުން.

ވ. ސްކޫލުން އަންގާ ގޮތެއްގެމަތިން ސްކޫލުގެ ބަގީޗާ ގަސްތައް ކޮށައި ބެލެހެއްޓުން.

މ. ސްކޫލުން އެހެން މުވައްޒަފަކު ނެތުމުގެ ސަބަބުން ބަދަލު އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ފ. ހިރަފުސް ބޯ ދުވަސްވަރު ސްކޫލުގެ ބިމަށް މަދުވެގެން ދުވާލަކު އެއްފަހަރު ރަނގަޅަށްފެންޖެހުން. އަދި ގަސްތަކަށް ފެންދިނުން.

ދ. އެޗްޕީ އޭގެ ގައިޑްލައިންތަކާއި، އެއްގޮތްވާގޮތުގެ މަތިން ސްކޫލުން އެކުލަވާލައިފައިވާ، ކޮވިޑް 19 ގެ ޙާލަތުގައި ޢަމަލުއުކުރާނެ އުޞޫލުތަކާއި އެއްގޮތަށް، ކްލާސްތަކާއި، ދަރިވަރުންގެ ޑެސްކު ގޮނޑި ޑިސް އިންފެކްޓް ކުރުމާއި، ފާޚާނާތަކާއި އަތްދޮންނަ އިސްކުރުތައް ރަނގަޅަށް ދޮވެ ބެލެހެއްޓުން.

ތ. ސްކޫލު ކުލާސްތަކުގެ ތެރެއިން ހުޅުވާ، ތަޅުލާން ޖެހޭ ކްލާސްތައް ދަރިވަރުން ސްކޫލަށް ޙާޒިރުވުމުގެ ލަސްވެގެން 30 މިނިޓްކުރިން ހުޅުވުން އަދި ތަޅުލާން ސްކޫލުން ހަމަޖައްސާފައިވާ ވަގުތުތަކުގައި ރަނގަޅަށް ތަޅުލައި ބަންދުކުރުން.

2.     ސްކޫލްގެ ދަރިވަރުންނަށް ހިންގޭ އިތުރު ހަރަކާތްތައް ރާވާ ހިންގުމުގައި އެހީތެރިވުމާއި ބައްދަލުވުންތަކަށް ހާޒިރުވުން.

ހ.    ސްކޫލްގެ ދަރިވަރުންނަށާއި ސްކޫލްގެ ކުރިއެރުމަށް ރާވާ ހިންގޭ އިތުރު ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެކަމެއް ކާމިޔާބު ކުރުމަށް ހުރިހާ މާނައެއްގައިވެސް މަސައްކަތްކުރުން. އަދި އެފަދަ ހަރަކާތެއްގައި އިސްކޮށް ހަރަކާތްތެރިވުމަށް ހަވާލުކުރެވިއްޖެނަމަ އެހަރަކާތެއް ބާއްވަން ކަނޑައެޅިފައިވާ ތާރީޚްގައި ބާއްވާ ކާމިޔާބުކަމާއެކު ކޮށް ނިންމުން.

ށ.    ސްކޫލްގައި ފާހަގަކުރާދުވަސްތަކާއި މުނާސަބަތުތަކުގައި ހަވާލުކުރެވޭކަމެއް ކަނޑައެޅިފައިވާ ގަޑިއަށް ފަރުވާތެރިކަމާއެކު ކޮށްނިންމުން. އަދި މިފަދަ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ބައްދަލުވުން ތަކާއި ހަރަކާތްތަކާއި ޙަފްލާތަކަށް ސްކޫލުން އަންގާ ގޮތެއްގެމަތިން ހާޒިރުވުން.

ނ. އިތުރު ހަރަކާތްތައް ރާވާ ހިންގުމުގައްޔާއި އިތުރު ހަރަކާތްތަކުގައި އެހީތެރިވުމުގައި، އެހަރަކާތަކަށް ވަކި ގައިޑްލައިންތަކެއް ހެދިފައިވާ ނުވަތަ ވަކި ޤަވާއިދުތަކެއް ހެދިފައިވާ ހަރަކާތެއްނަމަ، އެ ގައިޑްލައިން ނުވަތަ އެ ޤަވާޢިދަކާއި އެއްގޮތަށް ޢަމަލުކުރުން.

3.    ހެޔޮ ގޮތުގައި ދަރިވަރުން ތަރުބިއްޔަތު ކުރުން.

ހ.    ސްކޫލާއި ސްކޫލުން ބޭރުގައިވެސް ދަރިވަރަކު އުޅޭގޮތަކުން ދަރިވަރަކު ރަނގަޅުކުރުމަށް ނަސޭހަތް ދޭންޖެހިއްޖެ ހާލަތެއްގައި އެދަރިވަރަށް ނަސޭހަތްތެރިވުން. އަދި ދިވެހިންގެ ތެރޭގައި އޮންނަ ރިވެތި އާދަކާދަތަކާއި އިސްލާމް ދީނުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދަރިވަރުން ތަރުބިއްޔަތު ކުރުމަށް ހިންގޭ މަސައްކަތްތަކުގައި ސްކޫލު އެޑްމިނިސްޓްރޭޓަރުގެ ލަފާގެ މަތިން ހަރަކާތްތެރިވުން.

ށ.    ސްކޫލްގެ ކޮންމެ ހަރަކާތަކަށްވެސް އެކަށީގެންވާރަނގަޅު ހެދުމެއްގައި ހާޒިރުވެ ދަރިވަރުންނަކީވެސް އެފަދަބަޔަކަށް ހެދުމަށް މަސައްކަތްކުރުން.

4.     އެހެނިހެން ކަންތައްތައް

ހ. ސްކޫލްގެ އެކިއެކި ކަންކަމަށް ތައްޔާރުކުރެވިފައިވާ ގައިޑްލައިންތަކާއި ސުޕަވިޝަން ގައިޑްލައިންގައި ކަނޑައެޅިފައިވާ ކަންތައްތައް ތަންފީޒުކުރުމުގައި ވަޒީފާގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާއި، އެކަންތައްތައް ތަންފީޒުކުރުމުގައި ސުޕަވައިޒަރުން،  އަދި ސްކޫލްގެ އެހެނިހެން ވެރިންނަށް އެއްބާރުލުން ދިނުން.

ށ. ވަޒީފާގެ މަސްޢޫލިއްޔަތުގައި ކަނޑައެޅިފައިވާ ކަންތައްތަކުގެ އިތުރުން ވެރިޔަކު ރަސްމީ ކަމެއް ޙަވާލުކުރުމަށް ޖެހިއްޖެ ހިނދެއްގައި ޙަވާލުކުރައްވާ މަސައްކަތެއް ވީއެންމެ ފުރިހަމަޔަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެނގުން 

މަޤާމުގެ ތަޢުލީމީ ރޮނގުތައް :

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް :

ކުނިކަހާ، މޮޕް އަޅާ، ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުމުން

50

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅި އެކު ޖުމުލަ 70 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބެން ވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ނޮވެމްބަރ 27 ވާ (އާދީއްތަ) ދުވަހުގެ 14:00 ގެ ކުރިން، އިންނަމާދޫ ސްކޫލުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ މެއިލް މެދުވެރިކޮށް ފޮނުވާ ލިޔެކިޔުންތައް (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް) ޕީޑީއެފް ކުރެއްވުމަށް ފަހު މެއިލް ކޮށް ދެއްވުން އެދެމެވެ.

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 2022 ނޮވެމްބަރ 30 އާއި 2022 ޑިސެމްބަރ 01 އާއި ދެމެދު، އިންނަމާދޫ ސްކޫލް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580359 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

22 ރަބީޢުލް އާޚިރު 1444

 16  ނޮވެމްބަރ 2022   

                                                    

 

 

 

16 ނޮވެންބަރު 2022