ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)268/2022/47
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 20:34
ސުންގަޑި: 16 ނޮވެންބަރު 2022 00:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެވަޅު ވިލަރެސް ކޮމެޓީއަށް އާންމުންގެ ފަރާތުން މެމްބަރުން އައްޔަންކުރުން

މި އިދާރާގެ ނަންބަރު (IUL)268/45  ތާރީޚް 06 ނޮވެމްބަރ 2022 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، މިއަހަރު މިރަށުން ގެވަޅު ދޫކުރުމަށް ކަނޑައެޅި ގެޒެޓްކުރެވިފައިވާ އުޞޫލްގެ ދަށުން އެކުލަވާލަންޖެހޭ ވިލަރެސް ކޮމިޓީއަށް ޢާންމުންގެތެރެއިން ނަގަންޖެހޭ 2 މެންބަރުން ހަމަޖެއްސުމަށްޓަކައި މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން  ހުޅުވާލަމެވެ. މިގޮތުން މެންބަރުކަމަށް ކުރިމަތިލައްވަން ޝައުޤުވެރިވާ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން 16 ނޮވެމްބަރ 2022 ބުދަ ދުވަހުގެ 12.00 ގެ ކުރިން މިކައުންސިލަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

  • ޢުމުރުން 18 އަހަރު ފުރިފައިވާ  ދިވެހި ރައްޔިތަކަށްވުން .
  • މިބުރުގައި ގޯއްޗަށް އެދި ހުށަހަޅާ ފަރާތެއްކަމުގައި ނުވުން.

ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި ، ތައުލީމީގޮތުން ލިބިފައިވާ އެންމެ މަތީ ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 ގެވަޅުދޫކުރުމުގެ އުޞޫލްގެ 10 ވަނަމާއްދާގެ (ށ) ގައިވާގޮތުން ކޮމިޓީގައި ބައިވެރިވުމަށްއެދި އާއްމުންގެ ފަރާތުން 02 (ދެއެއް) ފަރާތަށްވުރެ ގިނަ އަދަދަކަށް އާއްމުން ކުރިމަތިލައިފިނަމަ، ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ހިމެނުމުގައި ބަލާނީ ތަޢްލީމީ ފެންވަރަށާއި މިފަދަ މަސައްކަތެއް ކުރެވިދާނެ ފަދަ ޤާބިލްކަންހުރި ފަރާތްތަކަށެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

13 ނޮވެންބަރު 2022