މަސައްކަތް
ނަންބަރު: 116/F4/IFB/2014/13
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 24 ނޮވެންބަރު 2014 10:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެރިން ސްޓޭޝަން މަރާމާތުކޮށްދީ ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުން އަންނަ އިބްރާހީމް ނާސިޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްެ (އައި.އެން.އައި.އޭ) ގެ މެރިން ސްޓޭޝަން މަރާމާތުކޮށްދިނުމާއެކު ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިލައްވާ ފަރާތްތަކުން 24 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ10:30 ގެ ކުރިން ސިޓީއަކުން, ފެކްސްް އިން ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ޝައުޤުވެރިވެލައްވާކަން ފާޅުކުރެއްވުން އެދެމެވެ. މިގޮތަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތައް ރަޖިސްޓަރީ ކުރެވި، އިނގިރޭސިބަހުން ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

ރަޖިސްޓަރީވެފައިވާ ޕާޓީތަކުގެ ތެރެއިން އިތުރަށް ކުރިއަށް ވަޑައިގަންނަވަން ބޭނުންވާ ފަރާތްތައް ކޮންމެހެން ހާޒިރުވާންޖެހޭ ޕްރީބިޑް ބައްދަލުވުމަކާއި ސައިޓް ވިޒިިޓެއް 27 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި އޮންނާނެއެވެ. މިމަސައްކަތްތަކާ ގުޅޭގޮތުން އުފެދޭ އިތުރު ސުވާލުތައް އެންމެ ލަސްވެގެން 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ސުވާލާއި އޭގެ ޖަވާބު، ރަޖިސްޓަރީވެފައިވާ ހުރިހާ ފަރާތްތަކާ ހިއްސާކުރެވޭނެއެވެ.

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 07 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:30 އެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 07 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:30 ގައި، މިކުންފުނީގެ މައި އިދާރާ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބީލަންތައް ހުންނަންވަނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަންތައް ބަންދުކުރެވިފައި ހުންނަންވާނީ ވަކި 02 ސިޓީއުރައެއްގައި، ފަންނީ ހުށަހެޅުމާއި އަދި މާލީ ހުށަހެޅުމެއްގެ ގޮތުގައެވެ. އަދި ދެ ސިޓީއުރައިގެ ބޭރުގައިވެސް 02 ހުށަހެޅުން ވަކިން އެނގޭނެގޮތަށް ލިޔެފައި އޮންނަންވާނެއެވެ. އަދި ބަޔާންކުރެވުނު 02 ހުށަހެޅުން ބަންދުކޮށްފައި އޮންނަންވާނީ ބޮޑު 01 ސިޓީއުރައިގެ ތެރޭގައެވެ. އަދި މިގޮތަށް ބީލަމުގެ އަސްލަކާއިި ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ކޮންމެ ސިޓީއުރައެއްގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި، ބީލަން ނަންބަރާއި ތިރީގައިވާގޮތަށް އިނގިރޭސިބަހުން އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.

“Marine Station Refurbishment and Construction: Do not open before 7th December 2014, Sunday, 1030hrs”

Address:

Procurement Unit,

Maldives Airports Company Limited,

Corporate Office Building,

Ibrahim Nasir International Airport,

Hulhule’ 22000,

Rep. of Maldives.

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން މިކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި، ބިޑް އެވޯޑްކުރާނެ ފަރާތެއް ނިންމާނީ ޓެންޑަރ އިވެލުއޭޝަން ކޮމެޓީންނެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3337279 /3337236 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް  www.macl.aero

17 ނޮވެންބަރު 2014