ދިވެހިރާއްޖެ
މިއިދާރާއަށް މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެ:
ވ.ތިނަދޫ ކައުންސިލް އިދާރާއަށް މިދަންނަވާ ތަކެތި ގަންނަން ބޭނުންވެގެން ކުރި ނަންބަރު: IUL)358/INDIV/2014/4)ފ(21 އޮކްޓޫބަރު 2014) އިޢުލާނާ ގުޅިގެން މިކަމަށް ކުރިމަތިލާފައިވަނީ ދެފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
# |
ޢަދަދު |
ބާވަތް |
01 |
500 |
ބަސްތާ ސިމެންތި |
02 |
520 |
ބަސްތާ ހިލަ |
03 |
350 |
ބަސްތާ ހިލަވެލި |
04 |
06 |
ފްލައިވުޑް "1/2 އިންޗީގެ |
05 |
03 |
ވީލްބަރޯ އާދައިގެ |
06 |
02 |
ކިލޯ މޮހޮރު "2 |
07 |
03 |
ކިލޯ މޮހޮރު "3 |
08 |
02 |
ރޯލް ސުބާޑް (ބޮޑު) |
09 |
04 |
ފިލާ "x2ފ"x8ފ'17 (ކޮންމެފިލައެއް ތިންފަޅިއަށް ފަޅާލާފައި) |
10 |
15 |
ވައު އައްސާބުޅި ("1/2 އިންޗި އެސް އެސް) |
ވީމާ، މިތަކެތި މާލެއިން ގަނެގެން މިރަށަށް (ވ.ތިނަދޫ) އަށް ގެނެސް ބަނދަރު ސަރަޙައްދަށް ބާލައިދޭން ބޭނުންފުޅުވާ ފަރާތްތަކުން 20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހު މިއިދާރާ ބަންދުވުމުގެ ކުރިން މިއިދާރާގެ ނަންބަރު 6700604 ފޯނާ ގުޅުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން އަންދާސީހިސާބު މިކައުންސިލަށް (ވ.ތިނަދޫ ކައުންސިލަށް) ހުށަހެޅުއްވުން އެދެމެވެ. ފެކްސްއިންނާއި މެއިލުންވެސް އަންދާސީހިސާބު ހުށަހެޅުއްވޭނެވާހަކަ ދަންނަވަމެވެ. އަދި 24 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަވެސް ދަންނަވަމެވެ.
މާކްސް ދެވޭ ގޮތްތައް:
# |
މާކްސް ދެވޭގޮތް |
މާކްސްދެވޭ މިންގަނޑުތައް |
ތަފުސީލު |
01 |
60% |
އަގު |
ޚިދުމަތުގެ އަގަށް ދެވޭ މާކްސް މާކްސް ދެވޭނީ މިކައުންސިލުގެ ފެންވަރު ކަނޑައަޅައި ފާސްވާ ފަރާތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން މާކްސް ދެވޭގޮތުގައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑަ އަގަށެވެ. |
02 |
25% |
މުއްދަތު |
އެންމެ ގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުރު މުއްދަތަށެވެ. |
03 |
15% |
ތަޖުރިބާ |
އެންމެ ގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ. |
މާކްސް ދެވޭގޮތުގެ ތަފުސީލު:
01. ބިޑް އިވެލުއޭޓް ކުރާނީ މިކައުންސިލުން އައްޔަނުކުރާ ބިޑް އިވެލުއޭޓްކުރާ ކޮމެޓީއަކުންނެވެ.
02. ބިޑް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
03. ބިޑް އިވެލުއޭޓް ކުރުމުގައި އެއްވެސް ޝަކުވާއެއް އޮތްނަމަ މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 މުޙައްރަމް 1436