މަސައްކަތް
ނަންބަރު: (IUL)10-F/10/2022/175
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 28 ނޮވެންބަރު 2022 13:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް "ޕްރޮސީޖަރ މެނުއަލް އޮފް ޖުވެނައިލް ޖަސްޓިސް" ރިވިޢުކޮށް ތަރުޖަމާކުރުމަށްޓަކައި ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއްޖެ.

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ.                                          

          (IUL)10-F/10/2022/175 :ނަންބަރ    

އިޢުލާން

މި މިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް "ޕްރޮސީޖަރ މެނުއަލް އޮފް ޖުވެނައިލް ޖަސްޓިސް" ރިވިޢުކޮށް ތަރުޖަމާކުރުމަށްޓަކައި ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއްޖެ. 

      މި މިނިސްޓްރީގެ ދަށުން ހިންގާ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ބޭނުމަށް 'ޕްރޮސީޖަރ މެނުއަލް އޮފް ޖުވެނައިލް ޖަސްޓިސް" ރިވިޢުކޮށް ދިވެހި ބަހަށް ތަރުޖަމާ ކޮށްދޭނެ ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއެވެ.

      މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 ނޮވެމްބަރު 2022 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން މި މިނިސްޓްރީގެ [email protected]  އީ.މެއިލް އެޑްރެހަށް ކޮންޓެކްޓް ނަމާއި، އެޑްރެހާއި، ކޮންޓެކްޓް

ނަމްބަރާއި އަދި އީ.މެއިލް އެޑްރެސް ފޮނުއްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. (ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.) މި މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ

ފަރާތްތަކަށް މިބީލަމާއި ގުޅޭ މަޢޫލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.

     ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ނޮވެމްބަރު 2022 ވާ ހޯމަ ދުވަހުގެ 13:00އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން

އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ކުރިން އޮޅުންއަރާ އެއްވެސް ކަމެއް ސާފުކުރަން ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ [email protected] އީ.މެއިލްއަށް ފޮނުއްވާ މަޢުލޫމާތު ސާފުކުރެއްވުންއެދެމެވެ.  

                         21 ރަބީޢުލްއާހިރު 1444 ހ.

                         15 ނޮވެންބަރު  2022 މ.

 

 

 

15 ނޮވެންބަރު 2022