ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)459-AD/1/2022/299
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 22 ނޮވެންބަރު 2022 10:00
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގައި ހުރި ބައު ތަކެތި ނީލަން ކިޔުމާއި ގުޅޭ

އިޢުލާން

މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގައި ހުރި ބައު ތަކެތި ނީލަން ކިޔުމާއި ގުޅޭ

 

މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގެ ތަފްޞީލު ތިރީގައި މިވަނީއެވެ.

  1. (ނީލަން ކިޔަން ހަމަޖެހިފައިވާތަން : (  މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ގ.ބިއްލޫރިޖެހިގެ)
  2. ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި : 22 ނޮވެންބަރު 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އިން  11:00 އަށް ވަޑައިގަތުން އެދެމެވެ.
  3. ނީލަން ކިއުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި.
  4. މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 3027283

މި އިޢުލާނާއި އެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިއްޕަވައިގެން ވަޑައިގަތުމަށް ދެންނެވީމެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް، 22 ނޮވެންބަރު 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނީލަމްގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.

15 ނޮވެންބަރު 2022