ދިވެހިރާއްޖެ
އިޖްތިމާއީ މާރުކަޒް މަރާމާތުކުރުމަށް ކުރިން ކުރެވުނު އިޢުލާން ނަންބަރު (IUL)291/291/2022/13 އާއި ގުޅިގެން ހުރި މަސައްކަތްތަކަށް ބައެއް ބަދަލުތައް ގެނައުމަށްޓަކައި އެއިޢުލާނު ބާތިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ. ވީމާ، މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފްކުރަށްވަން ބެނުންފުޅުވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން 2022 ނޮވެމްބަރ 20 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައި އޮންނާނެއެވެ. އަދި މަޢުލޫމާތު ސީޓު ކައުންސިލު އިދާރާއިން ލިބެންހުންނާނެއެވެ. ނުވަތަ ކައުންސިލް އިދާރާގެ އީމޭލް [email protected] އަށް އެދިލެއްވުމުން އެފަރާތަކަށް ފޯރުކޮށްދެވޭނެއެވެ.
އަދި، މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 2022 ނޮވެމްބަރ 24 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
މި މަސައްކަތަށް ކުރިމަތިލެވެނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 2018/14 ) ގެ ދަށުން ވިޔާފާރި ރަޖިސްޓްރީކުރެވިފައިވާ ތިރީގައި މި ބަޔާންކުރާ ފަރާތްތަކަށެވެ.
- ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.
- ޕާޓްނާޝިޕް ގާނޫނުގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ޕާޓްނާޝިޕްތައް.
- އަމިއްލަ ފަރުދުންގެ ވިޔާފާރި ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔާފާރި ކުންފުނިތައް.
އަދި، އަންދާސީ ހިސާބު ހުށަހެޅުމަށް، ވިޔާފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބެފުޅެއްނަމަ ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ވަޑައިނުގަންވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވެނެ ވާހަކަ ދަންނަވައި މިކަން އަންމުކޮށް އިޢުލާނުކުރިމެވެ.