ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-73/GS-73/2022/25
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 19:32
ސުންގަޑި: 21 ނޮވެންބަރު 2022 13:00
އަބޫބަކުރު ސްކޫލް، ގދ. ތިނަދޫ
ދިވެހިރާއްޖެ
ޓީޗަރ (ޕްރައިމަރީ)

އިޢުލާނު

 

މަޤާމު:

ޓިޗަރ

ސްޕެޝަލައިޒޭޝަން

ޕްރައިމަރީ

މަޤާމުގެ ނަންބަރު:

J-361667

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޓީޗަރ ރޭންކް 1 އިން 3 އަށް

ޕަބްލިކް ސަރވިސް ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 5 ން  8 އަށް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ

މުސާރަ:

ރޭންކް 1

9124/- ރުފިޔާ

ރޭންކް 2

11564/- ރުފިޔާ

ރޭންކް 3

12409/- ރުފިޔާ

 

ޖޮބް އެލަވަންސް:

ރޭންކް 1

2764/-

ރޭންކް 2

5397/-

ރޭންކް 3

5791/-

 

އެޓަންޑެންސް އެލަވަންސް

ޓީޗަރުންގެ ރޭންކު

ހާޒިރީ އެލަވަންސް ( ހާޟިރުވާ ކޮންމެ ދުވަހަކަށް )

ރޭންކު 1

75/-

ރޭންކު 2

146/-

ރޭންކު 3

157/-

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކިޔަވައިދެއްވަން ހަމަޖެހިފައިވާ ކުދިންނަށް އެ އަހަރަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް އެ ތަކެތި އުނގަންނައިދީ އެ ކުދިންނަށް ޙާޞިލްވާންޖެހޭ މިންވަރު އެންމެ ފުންމިނުގައި ޙާޞިލްވިކަން ކަށަވަރުކުރުން. އަދި ސްކޫލަށް ޙާޟިރުވެ ނުލެއްވޭ ދުވަސްތަކުގައި ގެއްލޭ ފިލާވަޅުތައް ނަންގަވައި ދެއްވުން.
  2.  ޙަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދެއްވުން.
  3. ސްކޫލުގެ ކިޔަވައިދިނުމަށް ޙާޟިރުވާންޖެހޭ ގަޑިއަށް ވަޑައިގެން ސޮއިކުރެއްވުން. އަދި ސްކޫލަށް ޙާޟިރުވެ ނުލައްވާ ދުވަސްތަކުގައި ގަޑިޖެހުމުގެ ކުރިން އެކަން ސްކޫލަށް އެންގެވުން.  
  4. ސްކޫލުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް ސްކީމް އޮފް ވާރކް / ޔުނިޓް ޕްލޭން ތައްޔާރުކޮށް ނިންމެވުން. އަދި ސްކީމް އޮފް ވާރކް / ޔުނިޓް ޕްލޭނާ އެއްގޮތަށް ކިޔަވައި ދިނުމުގެ އެހީ ތައްޔާރުކުރައްވައިގެން  ކިޔަވައިދިނުން ކުރިއަށް ގެންދެވުން.
  5. އިތުރުއެހީއަށް ބޭނުންވާ ދަރިވަރުންނަށް އެހީތެރިވެދެއްވުމާއެކު އެކުދިން ކުރިއަށްދާ މިންވަރު ރެކޯޑްކޮށް ބެލެހެއްޓެވުން.   
  6.  ކްލާސްޓީޗަރެއްގެ ޙައިޘިއްޔަތުން، ކުދިންގެ ޙާޟިރީއާއި ކްލާސް ރެކޯޑް ދުވަހުން ދުވަހަށް ފުރިހަމަ ކުރެއްވުން.އަދި ކުދިންނާ ގުޅޭ ހުރިހާ ރެކޯޑެއް ފުރިހަމަކޮށް ބެލެހެއްޓެވުން.
  7.  ސްކޫލުން އަންގަވާ ގޮތުގެ މަތިން އެސެސްމެންޓްތައް ތައްޔާރުކުރެއްވުމާއި، އެސެސްމެންޓްތައް ހިންގެވުމާއި، އެސެސްމެންޓްތައް މާރކްކުރެއްވުމާއި އަދި އެސެސްމެންޓްތަކާ ގުޅޭ އެންމެހައި ރެކޯޑްތައް ތައްޔާރުކޮށް ބެލެހެއްޓެވުން.  
  8.  ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރުން ހިންގޭ އިތުރު ޙަރަކާތްތައް ކަމުގައިވާ ޔުނީފޯމް ޙަރަކާތްތަކާއި ކްލަބް ޙަރަކާތްތައް، އަދަބީ ޙަރަކާތްތަކާއި ރީޑިންގް ޕްރޮގްރާމްފަދަ ޙަރަކާތްތައްހިންގެވުމުގައި ފުރިހަމަޔަށް ބައިވެރިވެލެއްވުން . އަދިއެފަދަ ޙަރަކާތްތަކުގައި ޙާޟިރީއަށް ސަމާލުކަންދެއްވުން.
  9. މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގ ތަކާއި ޑިސްކަޝަން މީޓިންގތަކުގައި ފުރިހަމަޔަށް ބައިވެރިވެލެއްވުން.  
  10. ކުދިންގެ ފޮތްތަކާއި، ކިޔަވައިދިނުމާގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބައްލަވާ މާރކް ކުރެއްވުމާއެކު އެފަދަ ތަކެތި ރައްކާތެރިކަމާއެކު އަނބުރާ ދަރިވަރުންނަށް ރައްދުކޮށްދެއްވުން.  
  11.  ސްކޫލުން ޙަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ،ޝައުޤުވެރިކަމާއެކު، އަމިއްލައަށް އިސްނަންގަވައިގެން ސްކޫލަށް އެންމެ ފައިދާހުރިގޮތަކަށް އެކަންކަން ކުރެއްވުން.
  12. ހައުސްތަކުގެ ކުޅިވަރުގެ ޙަރަކާތްތައް ސްކޫލުގައި ހިންގެވުމުގައި ތިމާގެ ޤާބިލްކަންހުރި އެންމެ މަތީ ދަރަޖައެއްގައި ތިމާ ނިސްބަތްވާހައުސްއަށް އެހީތެރިވެ ހައުސްގެ  ކާމިޔާބީއަށް މަސައްކަތްކުރެއްވުން.
  13. ސްކޫލުން ބާއްވާ ސްޓާފްމީޓިންގތަކާއި ސެޝަންމީޓިންގ، ބެލެނިވެރިންގެ ބައްދަލުވުންތަކާއި އެނޫނަސް މުދައްރިސެއްގެ ޙައިސިއްޔަތުން ބައިވެރިވެލެއްވުމަށް ސްކޫލުން އަންގާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވެލެއްވުން.
  14. ކްލާހުގައި ހޭދަކުރައްވާ ގަޑިތަކުގައާއި ސްކޫލްތެރޭގައި ހޭދަކުރައްވާ ވަގުތުތަކުގައި އަދި ސްކޫލުން ބޭރުގައިވެސް ކުދިންގެ އަޚުލާޤަށް ސަމާލުކަން ދެއްވުމާއި ކްލާހާއި ސްކޫލްތެރޭގައި، ރީތި އަޚުލާޤެއްގެ މައްޗަށް ކުދިން ތަރުބިއްޔަތުކުރެއްވުން.  
  15. ތިމާގެ އަމިއްލަ ކުރިއެރުމަށް، ހިތްވަރާއެކު މަސައްކަތްކޮށް ސްކޫލުން ބޭނުންވާ ފެންވަރަށް ތިމާގެ ފަންނީ، ޢިލްމީ ޤާބިލްކަން ކުރިއެރުވުން.
  16. ކިޔަވައިދެއްވާ ސެޝަނުގެ ކްލާސްތައް ނިމުމުން މަދުވެގެން 15 މިނިޓްއިރު ވަންދެން، ކުދިންގެ އުނގެނުމާއި އަޚްލާޤާ ގުޅޭގޮތުން މަޢުލޫމާތު ބަދަލުކުރުމުގެ ވަގުތުކޮޅެއް ބެލެނިވެރިންނާއެކު ހޭދަކުރެއްވުން.    
  17.   ސްކޫލުގެ އިސްލާމް ، ޤުރުއާން، ޢަރަބި އަދި ދިވެހިގަޑި ފިޔަވައި އެހެނިހެން ވަގުތުތަކުގައި ކުދިން-މުދައްރިސުންނާ، މުދައްރިސުން-ކުދިންނާ، ކުދިން-ކުދިންނާ މުޚާޠަބް ކުރެއްވުމުގައި އިނގިރޭސިބަސް ބޭނުންކުރުމަށް ބާރުއެޅުއްވުމާއެކު އެކަން ތަންފީޒު ކުރެއްވުން.
  18.  ކިޔަވައިދެއްވާ ވަގުތުތަކުގައާއި ކިޔަވައިދިނުމާ ގުޅޭ ޙަރަކާތްތައް ހިގަމުންދާ ވަގުތުތަކުގައިވެސް ކުދިންގެ ކަންކަމާ ޒިންމާވެ، އެކުދިން އެކަނި ދޫކޮށްނުލެއްވުން.
  19. ސްކޫލުގެ ގަވައިދުތަކާ ޚިލާފްވާ ކުދިންނާމެދު، އެކުދިން ހިންގާ ޢަމަލަކާ އެކަށީގެންވާ ފިޔަވަޅުއެޅުއްވުމާއެކު އެފަދަ ޢަމަލުތަކުގެ ޒިންމާ އެކުދިން އުފުލަންޖެހޭނެކަން ދަސްކޮށްދެއްވައި އެފަދަ ޢަމަލުތަކުން ކުދިން ދުރުހެލި ކުރުމަށް ބާރުއެޅުއްވުން.
  20. ސްކޫލުގެ ހުރިހާ ކަމެއްގައިމެ އިޤްތިޞާދުކުރެއްވުމާއެކު އިސްރާފްކުރުން މަދުކުރުމަށާއި ދަރިވަރުން ގެންގުޅޭ ޓެކްސްޓް ފޮތްތަކާއި އެހެނިހެން ތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުމަށް ބާރުއެޅުއްވުން 
  21. ސްކޫލުގެ އިތުރު ޙަރަކާތްތައް ހިންގައި އެ ދާއިރާއިން ސްކޫލަށް ރީތި ނަމާއި އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވުން. 
  22.  އެކުގައި މަސައްކަތްކުރައްވާ މުއައްޒަފުންގެމެދުގައި ރަޙުމަތްތެރިކަމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރޫޙް ޤާއިމްކުރުމަށް މަސައްކަތްކުރެއްވުން.
  23. ސްކޫލުގެ ދަރިވަރުންނާއި މުއައްޒަފުންނާއި ސްކޫލުގެ އަގު ހިފެހެއްޓުމަށް މަސައްކަތްކުރެއްވުން.
  24. ސްކޫލުން ހަވާލު ކުރެވިފައިވާ ޓެކްސްޓް ފޮތް އަދި އެހެނިހެން ތަކެތި ދިރާސީ އަހަރު ނިމުމުން،ސްކޫލުން ކަނޑަ އަޅާފައިވާ އުސޫލުން އެ ތަކެތި ސްކޫލާ ހަވާލުކުރެއްވުން.
  25. ދިވެހި ސަރުކާރުގެ ގަވައިދުތަކާއި، ދިވެހި ސިވިލް ސާވިސްގެ ގަވައިދުތަކާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ސްކޫލުގެ ގަވައިދުތަކަށް ޙުރުމަތްތެރިކޮށްހިއްތެވުން.

މަޤާމުގެ ޝަރުޠުތައް:

ޓީޗަރ،ރޭންކު 3

ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއެކު، ތަޢުލީމީ/ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު ޓީޗަރ، ރޭންކު 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން

ނުވަތަ،

2. ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު ތަޢުލީމީ ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، ޓީޗަރ، ރޭންކު 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން.

ނުވަތަ،

3. ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، ޓީޗަރ، ރޭންކު 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން.

ނުވަތަ،

4. ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއި، ތަޢުލީމީ/ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

ނުވަތަ؛

5. ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއި، ކިޔަވައިދިނުމުގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުމާއި، ތަޢުލީމީ / ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

ޓީޗަރ،ރޭންކު 2

ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުން.

ނުވަތަ،

2. ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުން.

ޓީޗަރ،ރޭންކު 1

ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

 

ކިޔަވައިދިނުމުގެ ދާއިރާ:

ޓީޗިންގ (ޕްރައިމަރީ ސްކޫލް)

ނޯޓް: ޓީޗަރެއްގެ ޒިންމާ އަދާކުރައްވާ ކޮންމެ ފަރާތަކުން ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 އަކަށްވުރެ މަތީ ސަނަދެއް އޮންނަންޖެހޭތީ، ކިޔަވައިދޭ މާއްދާ އަށް ޚާއްޞަކުރެވިފައިވާ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވާ ފަރާތްތަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 އަކަށްވުރެ މަތިން، ޓީޗިންގ ދާއިރާގެ  ޖެނެރަލް ޓީޗިންގ ސެޓްފިކެޓެއް ފުރިހަމަކުރައްވާފައިވާނަމަ، އެ ސެޓްފިކެޓް ކިޔަވައިދިނުމުގެ ދާއިރާގެ ސަނަދެއް އޮތްކަމަށް ބެލުމުގައި ބޭނުންކުރެވޭނެއެވެ.

ތަޢުލީމީ ދާއިރާ

  • އެޑިއުކޭޝަން
  • ޕްރައިމަރީ
  • ޓީޗިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ޓީޗިންގް ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ޓީޗަރ ރޭންންކ 1 އިން ޓީޗަރ ރޭންކް 3 އާއި ދެމެދު ކްރައިޓީރިއާ

 

 

 

އަސާސީ ޝަރުޠު ހަމަވުން

 

ޓީޗަރ، ރޭންކު 1 ގެ ޝަރުޠު ފުރިހަމަވުން

20

ޓީޗަރ، ރޭންކު 2 ގެ ޝަރުޠު ފުރިހަމަވުން

30

ޓީޗަރ، ރޭންކު 3 ގެ ޝަރުޠު ފުރިހަމަވުން

35

ތަޖުރިބާ

އަސާސީ ޝަރުޠަށްވުރެ އިތުރު ވާ ތަޖުރިބާ

05

އިންޓަވިއު

25

ޕްރެކްޓިކަލް

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ނޮވެމްބަރ 2022 ގެ 13:00 ގެ ކުރިން، އަބޫބަކުރު ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އެސެސްމަންޓް އަދި އިންޓަރވިއުއޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް (ޕްރެޒެންޓޭޝަން)  އޮންނާނީ، 23 ނޮވެމްބަރ 2022 އާއި 29 ނޮވެމްބަރ 2022 އާ ދެމެދު، އަބޫބަކުރު ސްކޫލް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މިއިދާރާގައި އަދި ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނުގެ ދަށުން މަތީގައިވާ ޝަރުތު ހަމަވާ ފަރާތެއް ދާއިމީ މަޤާމަށް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުތު ހަމަވާ ފަރާތެއް ރިލީފް މަޤާމަކަށް އެކަޑަމިކް އަހަރު ނިމެންދެން ނެގުމަށް ހަމަޖެހިފައިވެއެވެ.

މަޤާމުގެ ގިންތި: ވަގުތީ

މުއްދަތު:       އެކަޑަމިކް އަހަރު ނިމެންދެން

އުޖޫރަ:        ކޮންމެ މަހަކު ތިރީގައި ބަޔާންކުރާ މުސާރައާއި ސަރވިސް އެލަވަންސް

 

މުވައްޒަފު އެންމެ މަތީ ތައުލީމީ ފެންވަރަކީ

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

4500.00ރ

1500.00ރ

މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

5500.00ރ

1500.00ރ

ކިޔަވައިދިނުމުގެ ރޮންގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކުރުން ކަމަށްވާނަމަ

6090.00ރ

2500.00ރ

އިތުރު ޢިނާޔަތްތައް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ނޯޓް:

  • ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  • ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  • ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6842753 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.

14 ނޮވެންބަރު 2022