ވަޒީފާގެ ފުރުޞަތު
ނަންބަރު: BAM/IUL/2022/36
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:57
ސުންގަޑި: 20 ނޮވެންބަރު 2022 00:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އިޢުލާންވަނީ 15 ނޮވެންބަރު 2022 12:40 ގައި ބާތިލް ކުރެވިފައެވެ.


ނަންބަރު: BAM/IUL/2022/36

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މިއެސޯސިއޭޝަނަށް ތިރީގައި މިދަންނަވާ މަގާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަގާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމްގެ ބާވަތް

ދާއިމީ

ބޭނުންވާ އަދަދު:

01

މުސާރަ:

6،500  - 8،500 ރުފިޔާ

އެލަވަންސް:

1،500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

ބެޑްމިންޓަން އެސޯސިއޭޝަން އޮފީސް، ކުޅިވަރު އެކުވެނި، މާލެ، ދިވެހިރާއްޖެ

މަޤާމުގެ މަސްއޫލިއްޔަތު:

1-     މެމްބަރޝިޕް ފީބަލައިގަތުމާއި މެމްބަރޝިޕް ކާޑުހެދުން.

2-     ދުވަހު ޔައުމިއްޔާ އަދި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން.

3-     އެސޯސިއޭޝަންއަށް ލިބޭ ލިޔެކިޔުންތައް އެންޓްރީކުރުމާއި، އެންޓްރީއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްކުރުން.

4-     އެސޯސިއޭޝަންގެ ބެލުމުގެދަށުގައިވާ އިންޑޯ ކޯޓުތަކުގެ ޝެޑިއުލް ތައްޔާރުކޮށް، ޝެޑިއުލްއާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް.

5-     އިންޑޯ ބެޑްމިންޓަން ހޯލުގެ ކޯޓުތަކާއި ލައިޓްތަށް ޗެކްކޮށް ރިޕޯޓްކުރުން.

6-     އެސޯސިއޭޝަންއަށް އެކިއެކި ބޭނުންތަކުގައި އަންނަ ފަރާތްތަކާއި ފޯނަށް ޖަވާބުދިނުމާއި، އެކަމަކާ ގުޅޭ މުވައްޒިފަށް ލަސްނުކޮށް އެކަން އެންގުން.

7-     އެސޯސިއޭޝަނަށް އަންނަ ސިޓީފަދަ ތަކެތި ބަލަހައްޓާ ދުވަހުން ދުވަހަށް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން އެފަދަ ސިޓީތަކުގެ ޖަވާބު ތައްޔާރުކޮށް ފޮނުވުން.

8-     އެސޯސިއޭޝަންގެ ފަރާތުން ހިންގާ އެކިއެކި ޙަރަކާތްތައް އިންތިޒާމުކުރުމާއި، ޢަމަލީގޮތުން ބައިވެރިވުން.

9-     ބެޑްމިންޓަން ނޭޝަނަލް ޓީމް ކުޅުންތެރިންނާ ގުޅޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

10- އެސޯސިއޭޝަންގެ ކޯޗުންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

11- އެސޯސިއޭޝަންގެ ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓުން.

12- އެސޯސިއޭޝަންގެ ވެރިން އަންގާ ގޮތެއްގެމަތިން ޙަވާލުކުރެވިފައިވާ ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

 

ފެންވަރު ނުވަތަ ޝަރުތު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. އަދި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ނޮވެމްބަރު  2022 ގެ 12:00 ގެ ކުރިން، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

2-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

3-     ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

 

ވަޒީފާއަށް އެންމެ     ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1-     ތަޢުލީމާއި ތަމްރީން.

2-     މަސައްކަތުގެ ތަޖުރިބާ.

3-     ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

4-     ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

5-     ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތެއް ކަމުގައިވުން.

6-     އަތޮޅުތެރެއާއި، ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ދަތުރުކުރުމަށް އިޢުތިރާޒެއް ނެތުން.

 

            މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3314057 ނަންބަރު ފޯނާއެވެ.

 

14 ނޮވެމްބަރު 2022

 

 

14 ނޮވެންބަރު 2022