މަސައްކަތް
ނަންބަރު: GS62/I/2022/32
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:08
ސުންގަޑި: 24 ނޮވެންބަރު 2022 10:30
މަރަދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ރޫމް ހެދުމާއި ގުޅޭ

މިސްކޫލުގެ ސެކިއުރިޓީ ރޫމް އަމިއްލަ ތަކެތީގައި، ހަދައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 14 ނޮވެމްބަރ 2022 އިން 19 ނޮވެމްބަރ 2022 ގެ 12:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

2- ރަޖިސްޓްރީ ނަންބަރު.

3- އީމެއިލް އެޑްރެސް.

4- ގުޅޭނެ މޯބައިލް ނަންބަރު.

މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 20 ނޮވެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 10:30 ގައި މަރަދޫ ސްކޫލްގައި އޮންނާނެއެވެ. އަދި މި މަސއްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 24 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މަރަދޫ ސްކޫލްގައެވެ. ރަޖިސްޓްރީ ކުރުމަށް ކަޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، މައުލޫމާތު ސާފްކުރުމަށް ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް ބިޑުގައި ބައިވެރިނުވެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. ބީލަން ހުޅުވުން އޮންނާނީ 24 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މަރަދޫ ސްކޫލްގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މަރަދޫ ސްކޫލް

މަރަދޫ ، އައްޑޫސިޓީ

ފޯން: 6890941

އީ-މެއިލް:  [email protected]

14 ނޮވެންބަރު 2022