މުބާރާތް
ނަންބަރު: (IUL)419-ESMSMS/419/2022/112
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 28 ނޮވެންބަރު 2022 14:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫ ކައުންސިލް ވުމެން ފުޓްސަލް ޗެލެންޖް 2022

ގައްދޫ ކައުންސިލް ވުމެން ފުޓްސަލް ޗެލެންޖް 2022

ގައްދޫ އ.ތ.މ ކޮމިޓީ އާއި ގުޅިގެން ގައްދޫ ކައުންސިލުން އިންތިޒާމްކޮށްގެން 2022 ޑިސެމްބަރ 22 ވަނަ ދުވަހު ގދ.ގައްދޫ ގައި އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތަށް ކުރިން އެކުލަވާލި ޤަވާއިދުގައި ވާގޮތުން މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ގައްދޫ އަށް ނިސްބަތްވާ ޓީމްތަކަށެވެ. ނަމަވެސް ރަށުން ބޭރު ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދެމުން ދިއުމާއެކު މުބާރާތުގެ ޤަވާއިދު އިސްލާޙުކޮށް މުޅި ހުވަދުއަތޮޅަށް ނިސްބަތްވާ ރަށްރަށުގެ ޓީމްތަކަށްވެސް ބައިވެރިވެވޭ ގޮތަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. 

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން 2022 ނޮވެމްބަރ 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުން ހުށަހަޅަންޖެހޭ ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިޢުލާނާއެކު ޢާއްމުކުރި ވާހަކަވެސް ދެންނެވީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވިދާނެ ކަމުގައިވެސް ދެންނެވީމެވެ. މިމުބާރާތް އަދި މުބާރާތުގެ ޤަވާއިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 7601051 އަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

06 ނޮވެމްބަރ 2022                                                            

14 ނޮވެންބަރު 2022