ތަމްރީނު
ނަންބަރު: (IUL)179-2.2/1/2014/60
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 18:12
ސުންގަޑި: 25 ނޮވެންބަރު 2014 14:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާސްޓަރޒް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް (އެމް.އައި.އެފް.ޕީ) – ޖެނުއަރީ 2015 އިންޓޭކަށް އެޕްލިކޭޝަނާއި ސްކޮލަރޝިޕަށް ފުރުޞަތު ހުޅުވާލުން.

އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެފް) އާ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސް ގުޅިގެން، ޖަނަވަރީ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ މާސްޓަރޒް ޕްރޮގްރާމަށް އެޕްލިކޭޝަން އަދި ސްކޮލަރޝިޕަށް ނަން ހުށަހެޅުމުގެ ފުރުޞަތު 25 ނޮވެންބަރު 2014 ގެ މެންދުރުފަހުގެ 14:00 ނިޔަލަށް ހުޅުވާލައިފީމެވެ.

ކޯހުގެ ނަން: މާސްޓަރޒް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް (އެމް.އައި.އެފް.ޕީ)

ޖާގަ: 30 ކުދިން

އިންޓޭކް: ޖަނަވަރީ 2015

ކިޔަވައިދޭ މަރުކަޒު: ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސް (ސީ.އައި.އެސް)

މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ތަން: ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސް (ކުއްލިއްޔާ) ވައިލެޓް މަގު، ހެންވޭރު

ގަޑި: ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު :09:00 އިން މެންދުރުފަހުގެ 14:00 އަށް.

މި ޕްރޮގްރާމާގުޅޭ އިތުރު މަޢުލޫމާތު ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވެބްސައިޓް www.cmda.gov.mv އާއި އޮތޯރިޓީގެ ފޭސްބުކް ޕޭޖް https://www.facebook.com/Capital.Market.Development.Authority އަދި މިއޮތޯރިޓީގެ ނަންބަރު 3014112 ފޯނާ ގުޅުއްވުމުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

29 ސެޕްޓެންބަރު 2014