ބީލަން
ނަންބަރު: (IUL)160-CS/1/2022/91
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 20 ނޮވެންބަރު 2022 13:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާން ކިޔެވުމުގެ 35 ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ ކެއުމާއި ސައިގެ ކަންތައް ހަމަޖެއްސުމާއިގުޅޭ

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. މިއީ ކީރިތި ޤުރްއާން ކިޔެވުމުގެ 35 ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ މަސައްކަތް ހިނގަމުންދާއިރު ކެއުމާއި ސައިގެ ކަންތައް ހަމަޖައްސައިދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމަށް މިމަރްކަޒުން 09 ނޮވެންބަރު 2022 ގައި ކުރި ނަންބަރު: (IUL)160-CS/1/2022/91 އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އަލުން އިޢުލާން ކުރީމެވެ.
  2. މަޢުލޫމާތު ސާފުކުރުން އޮންނާނީ 20 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 13:30 ގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ކިންގް ސަލްމާން މިސްކިތުގެ 3 ވަނަ ފަންގިފިލާ (ބޮޑުތަކުރުފާނުމަގު) ގައެވެ.
  3. ބީލަން ހުށައެޅުން އޮންނާނީ 27 ނޮވެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 13:30  ގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ކިންގް ސަލްމާން މިސްކިތުގެ 3 ވަނަ ފަންގިފިލާ (ބޮޑުތަކުރުފާނުމަގު) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން، އިޢުލާނު ނަމްބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަން ވާނެއެވެ.
  4. ގަޑިއަށް ބީލަން ހުށަހެޅުމަށް ޙާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
  5. ބީލަމާގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ ތިރީގައިވާ، ނަންބަރަށް ގުޅުއްވާ ނުވަތަ އީ-މެއިލް އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.

ބީލަމާގުޅޭ މަޢުލުމާތު ސާފުކުރެއްވުމަށް

ޕްރޮކިޔުމަންޓް ޑިޕާރޓްމަންޓް

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު

ފޯން: 7959809

އީ-މެއިލް: [email protected]

14 ނޮވެންބަރު 2022