ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-ME305/305/2022/122
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 21 ނޮވެންބަރު 2022 14:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޕްލޭނިންގްގެ ވެހިކަލްތައް ނެގުމާއި ގުޅޭ

އިޢުލާން

މިނިސްޓްރީ އޮފް ޕްލޭނިންގްގެ ވެހިކަލްތައް ނެގުމާއި ގުޅޭ

ރ.މާކުރަތު އިރުމަތީ ފަރާތު (އޯކިޑުމަގު) މަތީގައި ބަހައްޓާފައިވާ ޕްލޭނިންގ މިނސްޓްރީގެ 2 ވެހިކަލް ( ހައިމާކް SK33 ، ލޯޑަރު KOBFLLO-LK-120 ) އަދި ރަށުގެ އުތުރު ފަރާތު ބަނދަރުގައި ބަހައްޓާފައިވާ ދަނގަޑުތައް އެތަކެތީގެ ވެރިފަރާތުން ނަގާ ބިން ސާފުކޮށްދެއްވުމަށް ދަންނަވަމެވެ. މިތަކެތި ގިނަދުވަސްތަކެއް ވަންދެން މަގުމައްޗަށް ދޫކޮށްލާފައި އޮތުމުގެ ސަބަބުން ވަރަށް ބޮޑަށް ބައުވެ ބޭނުންނުކުރެވޭ ވަރަށް ހަލަހަކުވެފައިވާ ވާހަކަ ދަންނަވަމެވެ. އަދި މިތަކެތި މަގުމަތީގައި އޮތުމުގެ ސަބަބުން މަގު ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ނުހަނު އުނދަގޫވެ އެކަމުގެ ޝަކުވާ މިކައުންސިލަށް ލިބެމުންދާ ވާހަކަ ދަންނަވަމެވެ.

ވީމާ، ދެންނެވިފައިވާ ސަރަހައްދުގައި ބާއްވާފައިވާ ހައިމާކާއި، ލޯޑަރު އަދި ބައު ދަނގަޑުތަކުގެ ވެރިފަރާތުން 14 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހުން ފެށިގެން 21 ނޮވެމްބަރ 2022 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން އެތަކެތި އެސަރަހައްދުން ނެގުމަށް އަންގާ އިޢުލާންކުރަމެވެ. އަދި ދެވިފައިވާ މުއްދަތުގެ ފަހުން އެސަރަހައްދުތަކުގައި އެތަކެތި ހުރިނަމަ، ވެރިފަރާތުން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައި، ކައުންސިލުން އެތަކެތި ނައްތާލެވޭނެކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

20 ރަބީޢުލްއާޚިރް 1444

14 ނޮވެންބަރު 2022