ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)203-FINHUM/1/2014/20
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:20
ސުންގަޑި: 20 ނޮވެންބަރު 2014 12:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އެނަލިސްޓް

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެންވަޔަރަންމަންޓް އެނަލިސްޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް.އެސް 2،  ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި އިނާޔަތްތައް

މުސާރަ: -/6،295 ރ ، ސަރވިސް އެލަވަންސް: -/2000ރ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ/އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ/ ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިއުޝަން ޕްރިވެންޝަން

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ
  4. އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ސޮލިޑް ވޭސްޓާ ގުޅެގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
  2. ސޮލިޑް ވޭސްޓް ސެކްޝަންގެ ވޯރކްޕްލޭނާއި ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
  3. ސޮލިޑްއަދި ހެޒާޑަސް ވޭސްޓްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ރާވައި ހިންގުމުގައި އެހީތެރިވުން.
  4. ސޮލިޑް ވޭސްޓާ ގުޅޭގޮތުން  އެކްޝަން ޕްލޭންތައް ތައްޔާރުކުރުމާއި ރާވައި ހިންގުމުގައި އެހީތެރިވުން.
  5. މުވައްޒަފުންގެ ޕަފޯރމަންސް އެޕްރައިޒަލް މުވައްޒަފުންނާ މަޝްވަރާކޮށްގެން ނިންމުން.
  6. އެއަރ ޕޮލިއުޝަން މޮނިޓަރ ކުރުމުގައި ކުރެވޭ މަސައްކަތް ރާވައި، ހިންގައި ބެލެހެއްޓުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޭޖެންސީގެ ނަންބަރު 3335949 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތިމާވެއްޓާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތެއްކަމުގައިވުން.
  2. މައިކްރޯސޮފްޓް އޮފީސް ޕެކޭޖަށް އަހުލުވެރި ވެފައިވާ ފަރާތެއްކަމުގައިވުން.
  3. ދިވެހި ބަހާއި، އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަ ދެއްކުމާއި ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި އެޖެންސީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި އޭޖެންސީގެ ވެބްސައިޓް www.epa.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ)  ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

  • ސުންގަޑި: 20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް.
  • މި މަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ 01 މަސްދުވަހުގެ (ބަންދު ދުވަސްތައް ނުހިމަނައި) ތެރޭގައި އެންގޭނެއެވެ.

17 މުޙައްރަމް 1436

10 ނޮވެންބަރު 2014