ނީލަން
ނަންބަރު: (IUL)283-PS/283/2014/114
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:19
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޖީނު ނީލަމުގައި ވިއްކާލަން

ތިރީގައިވާ ނަންބަރުގެ އިންޖީނު ސިޓީލައި ނީލަމުގައި ވިއްކާލަން ގަސްދުކުރަމެވެ.

  • 200 ކިލޯވޮޓް "ޑޮއިޓްޒް" ޖަނަރޭޓަރ (ނީލަން ފެށޭ އަގު 350,000.00ރ) ފަހަރަކު މަދުވެގެން އިތުރު ކުރެވޭނީ 10,000 ރުފިޔާ.
  • 169 ކިލޯވޮޓް "ޑޮއިޓްޒް"  ޖަނަރޭޓަރ (ނީލަން ފެށޭ އަގު 150,000.00ރ) ފަހަރަކު އިތުރު މަދުވެގެން ކުރެވޭނީ 5,000 ރުފިޔާ.

ކޮންމެ ދުވަހަކުވެސް ހުށަހެޅޭ އެންމެ މަތީއަގު އެދުވަހެއްގެ 14:00ގެ ފަހުން މިއިދާރާގެ ނޯޓިސްބޯޑުން ފެންނަން ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 7 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިމޭނެއެވެ. ނަމަވެސް، ކުރިމަތިލުމަށް ހުޅުވާލެވޭ މުއްދަތުގައި އެއްވެސް ފަރާތަކުން އަގު ހުށަހަޅުއްވާފައި ނުވާނަމަ، އަގު ހުށަހަޅަން ހުޅުވާލެވޭ ތާރީޚުން ފެށިގެން ބަންދުނޫން 14 ދުވަހު މިއިޢުލާނަށް އަގު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ލިޔުން ހުށަހަޅާއިރު ކޮން ޖަނަރޭޓަރެއް ގަތުމަށް ހުށަހަޅާ ލިޔުމެއްކަން އެނގެން އޮންނަންވާނެއެވެ.

ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން 13 ނޮވެންބަރު 2014 ވާ ބުރާސްފަތިދުވަހުގެ 9:00 ން ފެށިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ އެކަމަށް މިއިދާރާއަށް ހުށަހަޅާ ލިޔުމަކުންނެވެ. އަގު ހުށަހަޅާ ލިޔުން ރަސްމީދުވަހުގެ މެންދުރުފަހުގެ 13:00ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ނުވަތަ ފެކްސް އަދި އީމެއިލްގެ ޒަރީޢާއިންވެސް ހުށަހެޅިދާނެއެވެ. ފެކްސް ނަންބަރަކީ 6540053 އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އަދި އިންޖީނު ބެއްލެވުމަށް ގުޅުއްވާނީ މިއިދާރާގެ 6540052 މިނަންބަރު ފޯނާއި ނުވަތަ 7512475 މޯބައިލް ނަންބަރާއެވެ.

12 މުޙައްރަމް 1436     

09 ނޮވެންބަރު 2014