ވަޒީފާގެ ފުރުޞަތު
ނަންބަރު: 200-VTR/IU/2022/37
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:52
ސުންގަޑި: 27 ނޮވެންބަރު 2022 13:30
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިން އޮފިސަރ (ކޮންޓްރެކްޓް)

 

މަޤާމު:

ސީނިއަރ އެޑްމިން އޮފިސަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ (06 މަސް)

މަޤާމުގެ ރޭންކު:

އެމް.އެސް. 2

މުސާރަ:

7،500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަރވިސް އެލަވަންސް: 2،000.00 ރުފިޔާ

 ނޮން-ޕްރެކްޓިސް އެލަވަންސް:  މުސާރައިގެ %45

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ޓްރައިބިއުނަލްގެ އިދާރީ އަދި މުވައްޒަފުންނާގުޅޭ އެންމެހައި މަސައްކަތްތައްކުރުން ޓްރައިބިއުނަލްގެ އެޑްމިނިސްޓްރޭޝަން އަދި ފައިނޭންސް ޑިރެކްޓަރގެ ޚިދުމަތް ނުލިބޭއިރު، އިދާރީގޮތުން އޮފީސް ހިންގުން.

 

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ނުވަތަ،

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 (ދެއެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގް ތަޢުލީމީ ރޮނގުތައް:

  1. އެޑްމިނިސްޓްރޭޝަން 
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  3. ބިޒްނަސް މެނޭޖްމަންޓް
  4. މެނޭޖްމަންޓް
  5. އެކައުންޓިންގ
  1. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  2. ހިއުމަން ރިސޯސް މެނޭޖްމަންޓް
  3. ފައިނޭންސް

މަޤާމުގް މަސައްކަތުގް ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމެންޓް
  3. ހިއުމަން ރިސޯސް މެނޭޖްމަންޓް
  4. ފައިނޭންސް
  5. އެކައުންޓިންގ

 

އެހެނިހެން:

  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 
  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ އެހެނިހެން ގަޑިތަކުގައި މަސައްކަތުގައި އުޅުވޭނެ މީހަކުކަމުގައިވުން.

މަސައްކަތްކުރަންޖެހޭތަން:

މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ނޮވެންބަރު 2022 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ޓްރައިބިއުނަލުގެ އީމެއިލު ([email protected]) މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1.  ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް،
  2.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު،
  3.  އައި.ޑީ ކާޑުގެ ކޮޕީ،
  4.  ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ.
  • 5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،
  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

 

ޝޯޓްލިސްޓުކުރުން:

ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންނެވެ.

 

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

 

13 ނޮވެންބަރު 2022