ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)1-CSO(HR)/1/2022/75
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 17 ނޮވެންބަރު 2022 14:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

 

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ދަށުން ހިނގަމުންދާ "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން" ގެ މިދަންނަވާ ވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ. 

1. މަގާމުގެ ނަން

ޑެޕިއުޓީ ލީގަލް އޮފިސަރ (ކޮންޓްރެކްޓް)

ރޭންކް:

ޕީ.އޯ.އެލް 3

ބޭނުންވާ އަދަދު:

2 (ދޭއް)

އަސާސީ މުސާރަ:

8,910.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

ޚާއްޞަ އެލަވަންސް:

4,009.50 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2،500.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ކޮމިޝަނުން ހިންގާ ތަޙުޤީޤުތަކަށް ބޭނުންވާ އެންމެހާ ދިރާސާތައްކޮށް ތަޙުޤީޤު ރިޕޯޓުތައް ތައްޔާރުކުރުމާއި، ޤާނޫނީ ލަފާ ދިނުމާއި ތަހުޤީޤުކުރުމުންދާ މައްސަލަތަކަށް ބޭނުންވާ ބަޔާންތައް ތައްޔާރުކުރުމާ އަދި ކޮމިޝަނުގެ މަސައްކަތްތަކާ ގުޅުންހުރި ޤާނޫނުތަކާއި ގަވައިދުތައް ރިވުއުކޮށް ރިޕޯޓުކުރުން.  

2. މަގާމުގެ ނަން

ސީނިއަރ ފައިނޭންޝަލް އޮފިސަރ (ކޮންޓްރެކްޓް)

ރޭންކް:

އެމް.އެސް 2

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

ޚާއްޞަ އެލަވަންސް:

2,832.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2،500.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

-  މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ކޮމިޝަނުން ކުރިއަށްގެންދާ ތަޙުޤީޤުތަކާ ގުޅޭގޮތުން ދިރާސާ ކުރަންބޭނުންވާ ފައިސާގެ މުޢާމަލާތްތަކާގުޅޭ ކަންތައް ކުރުން. 

3. މަގާމުގެ ނަން

ސީނިއަރ ރިސަރޗް އޮފިސަރ (ކޮންޓްރެކްޓް)

ރޭންކް:

އެމް.އެސް 2

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

ޚާއްޞަ އެލަވަންސް:

2,832.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2،500.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލަތަކަށް ބޭނުންވާ ދިރާސާތައް ކުރުމާއި ރިޕޯޓުތައް ލިޔުމުގައި އެހީތެރިވެ ދިނުމާއި، މައްސަލަތަކާ ގުޅިގެން ހާޒިރުކުރާ ފަރާތްތަކުގެ ބަޔާންތައް ނެގުމުގައި އެހީތެރިވެ ދިނުން. އަދި ތަރުޖަމަ ކުރަންޖެހޭ ލިޔެކިޔުންތައް ދިވެހިބަހުން އިނގިރޭސި ބަހަށް އަދި އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރުން.  

ހުށަހަޅަންޖެހޭ ތަކެތި:

ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".

ށ. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

ނ. ފުރިހަމަ ކުރަމުންދާ ކޯސް ނިމި، ނަމަވެސް ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުން.

ނ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު :

މި މަގާމުތަކަށް ޝަރުޠު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ އެހެނިހެން ލިޔުންތައް، 2022 ނޮވެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މި އޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ  މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް  ހުށަހެޅުއްވުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ.

އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށްޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.        މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.

 

13 ނޮވެންބަރު 2022