ދިވެހިރާއްޖެ
އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓް ފެސިލިޓީ ޕްރޮޖެކްޓް
ފައިނޭންޝަލް އޮފިސަރ (އެފް.އޯ.)
ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ (އެމް.އެން.ޕީ.އެޗް.އައި.) އިން އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓް ފެސިލިޓީ ޕްރޮޖެކްޓް (އެގްޒިމް ބޭންކް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ 34 ރަށުގެ ފެނާއި ނަރުދަމާ މަޝްރޫޢު އަދި އައްޑޫ ޑިވެލޮޕްމަންޓް މަޝްރޫޢުގެ ފައިނޭންސްެ މަސައްކަތްތައް ކޯޑިނޭޓްކޮށް މެނޭޖްކުރާނެ ފައިނޭންޝަލް އޮފިސަރ (އެފް.އޯ.)އެއް ހޯދުމަށް ބޭނުންވެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު، މިފަދަ މަޝްރޫޢުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތައުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މައުލޫމާތު ހިމެނޭ ވަނަވަރު ހުށައަޅަންވާނެއެވެ.
ޝައުޤުވެރިވާ ފަރާތްތަކުން 2022 ނޮވެންބަރު 22 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ޖެހުމުގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް،
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ،
އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.
އީމެއިލް:[email protected]
މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓްގައި www.planning.gov.mv އަދި މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.
އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.