ޢާންމު މަޢުލޫމާތު
ނަންބަރު: ( IUL )241-A/241/2022/15
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 28 ނޮވެންބަރު 2022 00:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1 ރޫމް އެޓޭޗް ފާހާނާ އާއި 1 ސިޓިންގ ރޫމް މަރާމާތު ކުރުމަށް

                          ނަންބަރ. (IUL)241-A/241/2022/15      

އިޢުލާން

މިއިދާރާގެ  އުތުރުފަރާތު 1 އެޓޭޗް ރޫމް ، 1 ސިޓިންގ ރޫމް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން.   

                  މިއިދާރާގެ އުތުރުފަރާތު 1 ( އެކެއް ) އެޓޭޗް ރޫމް  1 ( އެކެއް ) ސިޓިންގ ރޫމް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެވެ.     

                 ވީމާ، މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން 17 ނޮވެމްބަރ 2022ވާ ބުރާސްފަތި  ދުވަހުގެ 13.00އަށް       މިއިދާރާގައި ރަޖިސްޓްރި ކުރެއްވުންއެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށްޓަކައި ތިރީގައި މިދަންނަވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ ޕްރޮކިއުމެންޓް އީމެއިލް )  (  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީ ކޮޕީ .

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ އީ މެއިލް އެޑްރެސް .

ގުޅޭނެ މޮބަލް ނަންބަރ.

                 ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މަރާމާތާއި   ގުޅޭ މަޢުލޫމާތު ދެވޭނެއެވެ. މިމަސައްކަތާއި ބެހޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 21 ނޮވެމްބަރ 2022 ވާ ހޯމަ  ދުވަހުގެ 13:00ގައެވެ. ގއ. އަތޮޅުކައުންސިލް އިދާރާގައެވެ. 1 ( އެކެއް ) އެޓޭޗް ރޫމް  1 ( އެކެއް ) ސިޓިންގ ރޫމް މަރާމާތުކުރުމަށް  އެދި ހުށަހަޅާ ޕްރޮޕޯސަލް 28 ނޮވެމްބަރ 2022ވާ ހޯމަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އޮންލައިންކޮށް ހުށަހަޅާ ބިޑްތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ

                 މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެ ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މަރާމާތްކުރުމުގެ މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ. ނަމަވެސް ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް

  • ހުށަހަޅާ އަގަށް                    60%
  • ލިބިފައިވާ ތަޖުރިބާ އާއި ފަންނީ ގާބިލްކަމަށް    15%
  • ހުށަހަޅާ ޕޮރޮޕޯސަލަށް                15%
  • މާލީ ތަނަވަސްކަމަށް                 10%

 

                މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ. .

                 19 ޖުމާދަލް އައްވަލި    1444ހ.

                 13    ނޮވެމްބަރ     2022 މ.

 

                                                           އިބުރާހިމް ޝަހީން

                                               ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ  ރައީސް                   

13 ނޮވެންބަރު 2022