ދެންނެވުން
ނަންބަރު: (IUL)245/245/2022/63
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 24 ނޮވެންބަރު 2022 13:00
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

މިރަށު ފަހިވާގޭ ދެކުނު ފަރާތުގައި ޒިޔާރަތްމަގަށްވާ ގޮތަށްހުރި އެއްރުކާއި ހަމަ މިމަގުގެ އަތިރިމަތީ މަސްޖިދު މޫސާ ޢަލީގެ ހުޅަނގުދެކުނު ކަނުގައި    ހުރި ދެރުކުގެ ވެރިފަރާތް ހޯދަންބޭނުންވެއެވެ.

    ވީމާ، އެބިމުގައި އެއްވެސް ފަރާތެއްގެ ރުއްގަސް ހުރިނަމަ، ރުއްގަހުގެ ބާވަތާއި ޖަހާފައިވާ ނަންބަރާއި ވެރިފަރާތް އެނގޭގޮތަށް ފާހަގަކޮށް 24 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން މިކައުންސިލަށް އަންގަވާދެއްވުން އެދެމެވެ. މިބިމުގައި ހުރި ރުއްގަހުގައި ކައުންސިލްގެ ފަރާތުން 1 ކުން 3 ކަށް ހުދު ކުލައިން ނަންބަރުޖަހާފައިވާނެއެވެ.

     މިއިދާރާގައި ރަޖިސްޓްރީ ކޮށްފައި ނެތް ރުއްގަހަކީ އަމިއްލަ މީހުންގެ ރުއްގަސް ކަމުގައި ނުބެލެވޭނެ  ވާހަކަ ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާނަމަ އެބިމުގައި އަމިއްލަ މީހެއްގެ އެއްވެސް ރުއްގަހެއް ނެތީކަމުގައި ބެލެވޭނެއެވެ.

              މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ނޮވެންބަރު 2022