ވަޒީފާގެ ފުރުޞަތު
ނަންބަރު: MBS/IU/2014/08
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:47
ސުންގަޑި: 23 ނޮވެންބަރު 2014 14:30
މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ލެބޯޓްރީ ޓެކްނޮލޮޖިސްޓް

މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމް.ބީ.އެސް) ގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ޑިވިޝަން

ލެބޯޓްރީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ލެބޯޓްރީގައި ކުރަންޖެހޭ އަދި ކުރަމުން ގެންދާ ހުރިހާ ޓެސްޓުތައް ކުރުމާއި ޕޭޝަންޓުންގެ ލޭނެގުން.
  2. ލެބޯޓްރީން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްސް އާއި ލިޔުން ފަދަ ތަކެތި އެ ފަރާތްތަކަށް ފޮނުވުމާއި އޭގެ ރިޕޯޓުތަކާއި ރިކޯޑުތައް ބެލެހެއްޓުމާއި ކައުންސިލިންގ ދިނުން.
  3. ލެބޯޓްރީން ދޫކުރެވޭ ރިޕޯޓުތަކާއި ނަތީޖާތަށް ދޫކުރުމުގެ ކުރީގައި ޗެކުކޮށް ބެލުން.
  4. ލެބޯޓްރީގައި ގެންގުޅޭ މެޝިނަރީސްތަކާއި އިކުއިޕްމަންޓުތައް ސާފުކުރުމާއި، ބެލެހެއްޓުން، ލެބޯޓްރީއަށް ލިބޭ މެޝިނަރީސް، އިކުއިޕްމަންޓްސް، ރިއޭޖެންޓްސް އަދި ކޮންޒިއުމަބަލްސް ފަދަ ތަކެތީގެ ޗެކު ކުރުމަށްފަހު ބަލައިގަތުން.
  5. ޕޭޝަންޓާ ބެހޭ ގޮތުން ނުވަތަ އެހެން ގޮތަކުން ނަމަވެސް އާދަޔާ ޚިލާފު ކަމެއް ހިނގައިފިނަމަ އެކަން ލަސްނުކުރައްވާ ޑޮކްޓަރަކަށް ނުވަތަ ލެބޯޓްރީގައި އިސްކޮށް ހުންނެވި ފަރާތަކަށް އެންގުން.
  6. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ލެބޯޓްރީ ދާއިރާއިން އޮނިގަނޑު ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލު ކޮށްފައިވުން

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • މީހުންނާ ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • އިނގިރޭސި ބަހުގެ ފެންވަރު
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރަން އެނގުން / މަސައްކަތް ރާވައި ހިންގުމުގެ ޤާބިލުކަން ހުރުން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ރަމަޟާން މަހުގެ ޢިނާޔަތް
  3. ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް
  4. ޑިއުޓީ އުސޫލުން މަސައްކަތް ކުރައްވަން ޖެހޭނަމަ ކަނޑައެޅިފައިވާ އުސޫލުން ޑިއުޓީ އެލަވަންސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ސުންގަޑި

23 ނޮވެންބަރު 2014 ވާ އާދިއްތަ ދުވަހުގެ 14:30 ގެ ކުރިން މޯލްޑިވިއަން ބްލަޑް ސަރވިސަސް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2014 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ ތެރޭގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި (މަޖީދީމަގު)

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3333886 އެވެ. ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ www.mbs.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މި ސަރވިސަސްގެ އިދާރީބައިން ލިބެން ހުންނާނެއެވެ.

10 ނޮވެންބަރު 2014