މަސައްކަތް
ނަންބަރު: IUL/E8C/2022/12
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 22 ނޮވެންބަރު 2022 13:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓު އިމާރާތުގެ އެތެރޭގެ ސީލިންގް މަރާމާތުކުރުމާއި ބެހޭ

ނަންބަރު: IUL/E8C/2022/12

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

 

މިކޯޓުގެ އިމާރާތުގެ އެތެރޭގައި ޖަހާފައިވާ ސީލިންގ ނަގާ އައު ސީލިންގއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު  ނަމްބަރު IUL/E8C/2022/05 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފާހަގަކުރެވޭތީ، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްއެދި މަރާމާތު މަސައްކަތުގެ ކަރުދާސް އިސްލާޙުކުރުމަށްފަހު އިޢުލާނުކުރަމެވެ.

 ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ކޯޓަށް ދުރުވެ، ނުވަތަ 6580425 އަށް ގުޅައިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. އަދި 17 ނޮވެމްބަރ 2022 ވާ ބުރާސްފަތި  ދުވަހުގެ 13:00 އަށް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 އަށް ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމަންޓް، ޕާޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ހާޟިރުވާއިރު އެބޭފުޅެއް ތަމްސީލުކުރައްވަނީ ކޮން ފަރާތެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރެޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވެރިފަރާތް ނޫން އެހެން ފަރާތެއް ފޮނުވާނަމަ އެމީހަކީ ވެރިފަރާތުން ފޮނުވާ މީހެއްކަން އެނގޭފަދަ ލިޔުމަކާއި ހާޟިރުވާ ފަރާތުގެ އައިޑީކާޑް ނުވަތަ ކާކުކަން އެނގޭފަދަ ރަސްމީ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. އަދި މިފަދަ ލިޔުމެއް ނެތި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދެވެން ނެތްކަމަށާއި އަދި އަންދާސީ ހިސާބުވެސް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

އަދި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

19 ރަބީޢުލްއާޙިރު 1444

13 ނޮވެމްބަރ 2022

 

                                                އަޙްމަދު ޢަލީ

                                               ޗީފް އެޑްމިނިސްޓްރޭޓަރ

13 ނޮވެންބަރު 2022