ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414/414/2022/69
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 23 ނޮވެންބަރު 2022 13:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުހުޅުދޫ މުނިއުމަންޓް ހެދުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ކައުސިލުންދޭ ކުރެހުމާއި އެއްގޮތަށް ކަނޑުހުޅުދޫގެ މޮނިއުމެންޓް މަސައްކަތް ކޮށްދިނުން

ވީމާ، މިމަސައްކަތައް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

-          މައުލޫމާތު ދިނުން – 17 ނޮވެމްބަރ 2022 (ބުރާސްފަތި) 13:00ގައި

-          އަންދާސީ ހިސާބު ހުށަހެޅުން 23 ނޮވެމްބަރ 2022 (ބުދަ) 13:00ގައި

ބީލަން އިވޭލުއޭޓް ކުރުމަށް ބޭނުން ކުރާނެ މިންގަނޑު

-         އަގަށް: %80 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)

-         މުއްދަތު: 10

-         ފަންނީ ގާބިލުކަމަށް: 10

އަންދާސީ ހިސާބު 23 ނޮވެމްބަރ 2022 ވަނަ ދުވަހު 13:00 އަށް މި އިދާރާއަށް ހުށަހަޅާއިރު، ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި، ސިޓީ އުރައިގެ ބޭރުގައި އިއުލާން ނަމްބަރާއި އަދި " ކަނޑުހުޅުދޫގެ މޮނިއުމެންޓް މަސައްކަތް ކޮށްދިނުން" ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައި މިވާގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.

 

ގއ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ކަނޑުހުޅުދޫ، ދިވެހިރާއްޖެ

 

މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020 އަށް ގުޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ  ކަނޑުހުޅުދޫ ކައުންސިލް އިދާރާގައެވެ.  އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވެރިފަރާތް ނޫން ފަރާތެއް ހާޒިރުވާނަމަ ވެރިފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

13 ނޮވެންބަރު 2022